Settings
Surah The Women [An-Nisa] in Divehi
یَـٰۤأَیُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِی خَلَقَكُم مِّن نَّفۡسࣲ وَ ٰحِدَةࣲ وَخَلَقَ مِنۡهَا زَوۡجَهَا وَبَثَّ مِنۡهُمَا رِجَالࣰا كَثِیرࣰا وَنِسَاۤءࣰۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِی تَسَاۤءَلُونَ بِهِۦ وَٱلۡأَرۡحَامَۚ إِنَّ ٱللَّهَ كَانَ عَلَیۡكُمۡ رَقِیبࣰا ﴿1﴾
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ.
وَءَاتُوا۟ ٱلۡیَتَـٰمَىٰۤ أَمۡوَ ٰلَهُمۡۖ وَلَا تَتَبَدَّلُوا۟ ٱلۡخَبِیثَ بِٱلطَّیِّبِۖ وَلَا تَأۡكُلُوۤا۟ أَمۡوَ ٰلَهُمۡ إِلَىٰۤ أَمۡوَ ٰلِكُمۡۚ إِنَّهُۥ كَانَ حُوبࣰا كَبِیرࣰا ﴿2﴾
يتيم ންނަށް (އެކުދިން تصرّف ފުދިއްޖެނަމަ) އެކުދިންގެ މުދާތައް ތިޔަބައިމީހުން ދޭށެވެ! އަދި، އޭގެތެރެއިން މޮޅުތަކެއްޗަށް ދެރަތަކެތި ބަދަލުކޮށް ނަހަދާށެވެ! އަދި، އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ފާފައެއް ކަމުގައި އެކަންތައްވިއެވެ.
وَإِنۡ خِفۡتُمۡ أَلَّا تُقۡسِطُوا۟ فِی ٱلۡیَتَـٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَاۤءِ مَثۡنَىٰ وَثُلَـٰثَ وَرُبَـٰعَۖ فَإِنۡ خِفۡتُمۡ أَلَّا تَعۡدِلُوا۟ فَوَ ٰحِدَةً أَوۡ مَا مَلَكَتۡ أَیۡمَـٰنُكُمۡۚ ذَ ٰلِكَ أَدۡنَىٰۤ أَلَّا تَعُولُوا۟ ﴿3﴾
يتيم ންނާމެދު، عدل ވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދިންނާ ކާވެނިކުރުމުގައި، عدل ވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.
وَءَاتُوا۟ ٱلنِّسَاۤءَ صَدُقَـٰتِهِنَّ نِحۡلَةࣰۚ فَإِن طِبۡنَ لَكُمۡ عَن شَیۡءࣲ مِّنۡهُ نَفۡسࣰا فَكُلُوهُ هَنِیۤـࣰٔا مَّرِیۤـࣰٔا ﴿4﴾
އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، حلال ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!
وَلَا تُؤۡتُوا۟ ٱلسُّفَهَاۤءَ أَمۡوَ ٰلَكُمُ ٱلَّتِی جَعَلَ ٱللَّهُ لَكُمۡ قِیَـٰمࣰا وَٱرۡزُقُوهُمۡ فِیهَا وَٱكۡسُوهُمۡ وَقُولُوا۟ لَهُمۡ قَوۡلࣰا مَّعۡرُوفࣰا ﴿5﴾
އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسراف ކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!
وَٱبۡتَلُوا۟ ٱلۡیَتَـٰمَىٰ حَتَّىٰۤ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنۡ ءَانَسۡتُم مِّنۡهُمۡ رُشۡدࣰا فَٱدۡفَعُوۤا۟ إِلَیۡهِمۡ أَمۡوَ ٰلَهُمۡۖ وَلَا تَأۡكُلُوهَاۤ إِسۡرَافࣰا وَبِدَارًا أَن یَكۡبَرُوا۟ۚ وَمَن كَانَ غَنِیࣰّا فَلۡیَسۡتَعۡفِفۡۖ وَمَن كَانَ فَقِیرࣰا فَلۡیَأۡكُلۡ بِٱلۡمَعۡرُوفِۚ فَإِذَا دَفَعۡتُمۡ إِلَیۡهِمۡ أَمۡوَ ٰلَهُمۡ فَأَشۡهِدُوا۟ عَلَیۡهِمۡۚ وَكَفَىٰ بِٱللَّهِ حَسِیبࣰا ﴿6﴾
އަދި، ތިޔަބައިމީހުން يتيم ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާނދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! އަދި، إسراف ގެ ގޮތުންނާއި، އެކުދިން ބޮޑެތި ވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެމީހާ، عفة ތެރި ވާހުށިކަމެވެ! (އެބަހީ: އެ މުދަލުގައި ނުޖެހޭ ހުށިކަމެވެ!) އަދި، فقير އަކުކަމުގައި ވެއްޖެމީހާ، ހެޔޮ ރަނގަޅު ގޮތުގައި (އެ މުދަލުން) ކާހުށިކަމެވެ! ފަހެ، އެއުރެންގެ މުދާތައް، ތިޔަބައިމީހުން އެއުރެންނަށް ދޭހިނދު، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ހެކިކުރާށެވެ! حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދެއެވެ.
لِّلرِّجَالِ نَصِیبࣱ مِّمَّا تَرَكَ ٱلۡوَ ٰلِدَانِ وَٱلۡأَقۡرَبُونَ وَلِلنِّسَاۤءِ نَصِیبࣱ مِّمَّا تَرَكَ ٱلۡوَ ٰلِدَانِ وَٱلۡأَقۡرَبُونَ مِمَّا قَلَّ مِنۡهُ أَوۡ كَثُرَۚ نَصِیبࣰا مَّفۡرُوضࣰا ﴿7﴾
މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ.
وَإِذَا حَضَرَ ٱلۡقِسۡمَةَ أُو۟لُوا۟ ٱلۡقُرۡبَىٰ وَٱلۡیَتَـٰمَىٰ وَٱلۡمَسَـٰكِینُ فَٱرۡزُقُوهُم مِّنۡهُ وَقُولُوا۟ لَهُمۡ قَوۡلࣰا مَّعۡرُوفࣰا ﴿8﴾
(ތަރިކަ މުދާ) ބަހާތަނަށް (އެ މުދަލުން ނުވާ) ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ން حاضر ވެއްޖެނަމަ، (އެ މުދާ ބެހުމުގެ ކުރިން) އެއުރެންނަށް އެއިން އެތިކޮޅެއް ދޭށެވެ! އަދި، އެއުރެންނަށް ހެޔޮބަސް ބުނާށެވެ!
وَلۡیَخۡشَ ٱلَّذِینَ لَوۡ تَرَكُوا۟ مِنۡ خَلۡفِهِمۡ ذُرِّیَّةࣰ ضِعَـٰفًا خَافُوا۟ عَلَیۡهِمۡ فَلۡیَتَّقُوا۟ ٱللَّهَ وَلۡیَقُولُوا۟ قَوۡلࣰا سَدِیدًا ﴿9﴾
ނިކަމެތި ދަރިންކޮޅެއް އެއުރެންގެ ފަހަތަށް ދޫކުޅަނަމަ، އެކުދިންގެ މައްޗަށް ބިރުވެތިވާ ފަދައިން، އެއުރެން (اللَّه އަށް) ބިރުވެތި ވާހުށިކަމެވެ! އަދި، އެއުރެން اللَّه އަށް تقوى ވެރިވާހުށިކަމެވެ! އަދި، إنصاف ވެރި ސީދާ ބުނުމެއް އެއުރެން ބުނާހުށިކަމެވެ!
إِنَّ ٱلَّذِینَ یَأۡكُلُونَ أَمۡوَ ٰلَ ٱلۡیَتَـٰمَىٰ ظُلۡمًا إِنَّمَا یَأۡكُلُونَ فِی بُطُونِهِمۡ نَارࣰاۖ وَسَیَصۡلَوۡنَ سَعِیرࣰا ﴿10﴾
ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާާ ހުންނަ ނަރަކަޔަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ.
یُوصِیكُمُ ٱللَّهُ فِیۤ أَوۡلَـٰدِكُمۡۖ لِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَیَیۡنِۚ فَإِن كُنَّ نِسَاۤءࣰ فَوۡقَ ٱثۡنَتَیۡنِ فَلَهُنَّ ثُلُثَا مَا تَرَكَۖ وَإِن كَانَتۡ وَ ٰحِدَةࣰ فَلَهَا ٱلنِّصۡفُۚ وَلِأَبَوَیۡهِ لِكُلِّ وَ ٰحِدࣲ مِّنۡهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدࣱۚ فَإِن لَّمۡ یَكُن لَّهُۥ وَلَدࣱ وَوَرِثَهُۥۤ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُۚ فَإِن كَانَ لَهُۥۤ إِخۡوَةࣱ فَلِأُمِّهِ ٱلسُّدُسُۚ مِنۢ بَعۡدِ وَصِیَّةࣲ یُوصِی بِهَاۤ أَوۡ دَیۡنٍۗ ءَابَاۤؤُكُمۡ وَأَبۡنَاۤؤُكُمۡ لَا تَدۡرُونَ أَیُّهُمۡ أَقۡرَبُ لَكُمۡ نَفۡعࣰاۚ فَرِیضَةࣰ مِّنَ ٱللَّهِۗ إِنَّ ٱللَّهَ كَانَ عَلِیمًا حَكِیمࣰا ﴿11﴾
ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ عدد އެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެެ. ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (بيان ވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) اللَّه ގެ حضرة ން ކަނޑައަޅުއްވައި އަންގަވާފައިވާ فرض އެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
۞ وَلَكُمۡ نِصۡفُ مَا تَرَكَ أَزۡوَ ٰجُكُمۡ إِن لَّمۡ یَكُن لَّهُنَّ وَلَدࣱۚ فَإِن كَانَ لَهُنَّ وَلَدࣱ فَلَكُمُ ٱلرُّبُعُ مِمَّا تَرَكۡنَۚ مِنۢ بَعۡدِ وَصِیَّةࣲ یُوصِینَ بِهَاۤ أَوۡ دَیۡنࣲۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكۡتُمۡ إِن لَّمۡ یَكُن لَّكُمۡ وَلَدࣱۚ فَإِن كَانَ لَكُمۡ وَلَدࣱ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكۡتُمۚ مِّنۢ بَعۡدِ وَصِیَّةࣲ تُوصُونَ بِهَاۤ أَوۡ دَیۡنࣲۗ وَإِن كَانَ رَجُلࣱ یُورَثُ كَلَـٰلَةً أَوِ ٱمۡرَأَةࣱ وَلَهُۥۤ أَخٌ أَوۡ أُخۡتࣱ فَلِكُلِّ وَ ٰحِدࣲ مِّنۡهُمَا ٱلسُّدُسُۚ فَإِن كَانُوۤا۟ أَكۡثَرَ مِن ذَ ٰلِكَ فَهُمۡ شُرَكَاۤءُ فِی ٱلثُّلُثِۚ مِنۢ بَعۡدِ وَصِیَّةࣲ یُوصَىٰ بِهَاۤ أَوۡ دَیۡنٍ غَیۡرَ مُضَاۤرࣲّۚ وَصِیَّةࣰ مِّنَ ٱللَّهِۗ وَٱللَّهُ عَلِیمٌ حَلِیمࣱ ﴿12﴾
ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކުވާނަމަ، އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. كلالة ގެ ގޮތުން (އެބަހީ: أصل އެއް فرع އެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި، އޭނާޔަށް أخ އަކު ނުވަތަ أخت އަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ أخ ންނާއި أخت ން އެއަށްވުރެ ގިނަނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. اللَّه ގެ حضرة ން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حليم ވަންތަ ރަސްކަލާނގެއެވެ.
تِلۡكَ حُدُودُ ٱللَّهِۚ وَمَن یُطِعِ ٱللَّهَ وَرَسُولَهُۥ یُدۡخِلۡهُ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۚ وَذَ ٰلِكَ ٱلۡفَوۡزُ ٱلۡعَظِیمُ ﴿13﴾
އެއީ، اللَّه ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.
وَمَن یَعۡصِ ٱللَّهَ وَرَسُولَهُۥ وَیَتَعَدَّ حُدُودَهُۥ یُدۡخِلۡهُ نَارًا خَـٰلِدࣰا فِیهَا وَلَهُۥ عَذَابࣱ مُّهِینࣱ ﴿14﴾
އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.
وَٱلَّـٰتِی یَأۡتِینَ ٱلۡفَـٰحِشَةَ مِن نِّسَاۤىِٕكُمۡ فَٱسۡتَشۡهِدُوا۟ عَلَیۡهِنَّ أَرۡبَعَةࣰ مِّنكُمۡۖ فَإِن شَهِدُوا۟ فَأَمۡسِكُوهُنَّ فِی ٱلۡبُیُوتِ حَتَّىٰ یَتَوَفَّىٰهُنَّ ٱلۡمَوۡتُ أَوۡ یَجۡعَلَ ٱللَّهُ لَهُنَّ سَبِیلࣰا ﴿15﴾
ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ مراد އަކީ، އެކަނބަލުންނަށް ދޭނެ عقوبات އެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ سورة النور ގެ ދެވަނަ آية ން އަންގަވާފައެވެ.)
وَٱلَّذَانِ یَأۡتِیَـٰنِهَا مِنكُمۡ فَـَٔاذُوهُمَاۖ فَإِن تَابَا وَأَصۡلَحَا فَأَعۡرِضُوا۟ عَنۡهُمَاۤۗ إِنَّ ٱللَّهَ كَانَ تَوَّابࣰا رَّحِیمًا ﴿16﴾
އަދި، ތިޔަބައިމީހުންގެ ތެރެއިން فاحش ކަންތައް ގެނެސްގަންނަ ދެމީހުންނަށް ތިޔަބައިމީހުން އަދަބުދޭށެވެ! ފަހެ، އެދެމީހުން توبة ވެ، އަދި، އެއުރެންގެ عمل إصلاح ކޮށްފިނަމަ، އެ ދެމީހުންގެ ކިބައިން ދުރުވެގަންނާށެވެ! (އެބަހީ: އަދަބުދިނުން ހުއްޓައިލާށެވެ!) ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.
إِنَّمَا ٱلتَّوۡبَةُ عَلَى ٱللَّهِ لِلَّذِینَ یَعۡمَلُونَ ٱلسُّوۤءَ بِجَهَـٰلَةࣲ ثُمَّ یَتُوبُونَ مِن قَرِیبࣲ فَأُو۟لَـٰۤىِٕكَ یَتُوبُ ٱللَّهُ عَلَیۡهِمۡۗ وَكَانَ ٱللَّهُ عَلِیمًا حَكِیمࣰا ﴿17﴾
توبة ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَلَیۡسَتِ ٱلتَّوۡبَةُ لِلَّذِینَ یَعۡمَلُونَ ٱلسَّیِّـَٔاتِ حَتَّىٰۤ إِذَا حَضَرَ أَحَدَهُمُ ٱلۡمَوۡتُ قَالَ إِنِّی تُبۡتُ ٱلۡـَٔـٰنَ وَلَا ٱلَّذِینَ یَمُوتُونَ وَهُمۡ كُفَّارٌۚ أُو۟لَـٰۤىِٕكَ أَعۡتَدۡنَا لَهُمۡ عَذَابًا أَلِیمࣰا ﴿18﴾
އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا یَحِلُّ لَكُمۡ أَن تَرِثُوا۟ ٱلنِّسَاۤءَ كَرۡهࣰاۖ وَلَا تَعۡضُلُوهُنَّ لِتَذۡهَبُوا۟ بِبَعۡضِ مَاۤ ءَاتَیۡتُمُوهُنَّ إِلَّاۤ أَن یَأۡتِینَ بِفَـٰحِشَةࣲ مُّبَیِّنَةࣲۚ وَعَاشِرُوهُنَّ بِٱلۡمَعۡرُوفِۚ فَإِن كَرِهۡتُمُوهُنَّ فَعَسَىٰۤ أَن تَكۡرَهُوا۟ شَیۡـࣰٔا وَیَجۡعَلَ ٱللَّهُ فِیهِ خَیۡرࣰا كَثِیرࣰا ﴿19﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް حلال ވެގެންވާ ކަމެއްނޫނެވެ. އަދި، ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.
وَإِنۡ أَرَدتُّمُ ٱسۡتِبۡدَالَ زَوۡجࣲ مَّكَانَ زَوۡجࣲ وَءَاتَیۡتُمۡ إِحۡدَىٰهُنَّ قِنطَارࣰا فَلَا تَأۡخُذُوا۟ مِنۡهُ شَیۡـًٔاۚ أَتَأۡخُذُونَهُۥ بُهۡتَـٰنࣰا وَإِثۡمࣰا مُّبِینࣰا ﴿20﴾
ތިޔަބައިމީހުން އެއް އަނތްބެއްގެ ޖާގަޔަށް އެހެން އަނތްބަކު ބަދަލުކުރަން އެދޭނަމަ، (އެބަހީ: އެކަކު ވަރިކޮށްފައި އަނެކަކާ އިންނަން قصد ކޮށްފިނަމަ) އަދި، އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ. باطل ގޮތުގައި، އަދި، ފާޅުވެގެންވާ ފާފައެއް ކުރުމުގެ ގޮތުގައި، ތިޔަބައިމީހުން އެތަކެތި އަތުލަނީހެއްޔެވެ؟
وَكَیۡفَ تَأۡخُذُونَهُۥ وَقَدۡ أَفۡضَىٰ بَعۡضُكُمۡ إِلَىٰ بَعۡضࣲ وَأَخَذۡنَ مِنكُم مِّیثَـٰقًا غَلِیظࣰا ﴿21﴾
ތިޔަބައިމީހުން އެތަކެތި އަތުލަނީ ކޮންފަދަޔަކުން ހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއްބަޔަކާއެކު އެއްދާންކޮށްފައެވެ. އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ عهد ހިފާފައެވެ.
وَلَا تَنكِحُوا۟ مَا نَكَحَ ءَابَاۤؤُكُم مِّنَ ٱلنِّسَاۤءِ إِلَّا مَا قَدۡ سَلَفَۚ إِنَّهُۥ كَانَ فَـٰحِشَةࣰ وَمَقۡتࣰا وَسَاۤءَ سَبِیلًا ﴿22﴾
އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ބަފައިން ކާވެނިކުޅަ އަންހެނަކާ، ތިޔަބައިމީހުން ކާވެނި ނުކުރާހުށިކަމެވެ! އިސްވެދިޔަތާނގައި މެނުވީއެވެ. (އެބަހީ: ޖާހިލީ ޒަމާނުގައި ހިނގާދިޔަ ކަންތައްވަނީ عفو ކުރައްވާފައެވެ.) ހަމަކަށަވަރުން، އެކަމަކީ، ހުތުރުކަންބޮޑު ފާފައެއް ކަމުގައްޔާއި، އަދި، ނުރުއްސަވާ ކަމެއްކަމުގައިވިއެވެ. އަދި އެއީ، ހާދަހާ ނުބައިވެގެންވާ މަގެކެވެ.
حُرِّمَتۡ عَلَیۡكُمۡ أُمَّهَـٰتُكُمۡ وَبَنَاتُكُمۡ وَأَخَوَ ٰتُكُمۡ وَعَمَّـٰتُكُمۡ وَخَـٰلَـٰتُكُمۡ وَبَنَاتُ ٱلۡأَخِ وَبَنَاتُ ٱلۡأُخۡتِ وَأُمَّهَـٰتُكُمُ ٱلَّـٰتِیۤ أَرۡضَعۡنَكُمۡ وَأَخَوَ ٰتُكُم مِّنَ ٱلرَّضَـٰعَةِ وَأُمَّهَـٰتُ نِسَاۤىِٕكُمۡ وَرَبَـٰۤىِٕبُكُمُ ٱلَّـٰتِی فِی حُجُورِكُم مِّن نِّسَاۤىِٕكُمُ ٱلَّـٰتِی دَخَلۡتُم بِهِنَّ فَإِن لَّمۡ تَكُونُوا۟ دَخَلۡتُم بِهِنَّ فَلَا جُنَاحَ عَلَیۡكُمۡ وَحَلَـٰۤىِٕلُ أَبۡنَاۤىِٕكُمُ ٱلَّذِینَ مِنۡ أَصۡلَـٰبِكُمۡ وَأَن تَجۡمَعُوا۟ بَیۡنَ ٱلۡأُخۡتَیۡنِ إِلَّا مَا قَدۡ سَلَفَۗ إِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا ﴿23﴾
ތިޔަބައިމީހުންގެ މައިންނާއި، އަންހެން ދަރިންނާއި، أخت ންނާއި، ބަފައިފުށުގެ ބޮޑުދައިތައިންނާއި، މައިފުށުގެ ބޮޑުދައިތައިންނާއި، أخ ގެ އަންހެން ދަރިންނާއި، أخت ގެ އަންހެން ދަރިންނާއި، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ أخت ންނާއި، ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި، ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި، (މިމީސްމީހުންނާ) ކާވެނިކުރުން حرام ކުރެއްވިއެވެ. އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ އަނބިންގެ އަންހެންދަރިންނާ ކާވެނިކުރުމަކުން، ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް حرام ކުރެއްވިއެވެ. އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أخت ން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أخت ންނާ އިނުން) ވެސް حرام ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
۞ وَٱلۡمُحۡصَنَـٰتُ مِنَ ٱلنِّسَاۤءِ إِلَّا مَا مَلَكَتۡ أَیۡمَـٰنُكُمۡۖ كِتَـٰبَ ٱللَّهِ عَلَیۡكُمۡۚ وَأُحِلَّ لَكُم مَّا وَرَاۤءَ ذَ ٰلِكُمۡ أَن تَبۡتَغُوا۟ بِأَمۡوَ ٰلِكُم مُّحۡصِنِینَ غَیۡرَ مُسَـٰفِحِینَۚ فَمَا ٱسۡتَمۡتَعۡتُم بِهِۦ مِنۡهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِیضَةࣰۚ وَلَا جُنَاحَ عَلَیۡكُمۡ فِیمَا تَرَ ٰضَیۡتُم بِهِۦ مِنۢ بَعۡدِ ٱلۡفَرِیضَةِۚ إِنَّ ٱللَّهَ كَانَ عَلِیمًا حَكِیمࣰا ﴿24﴾
ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުން ފިޔަވައި، އަންހެނުންގެ ތެރެއިން ކާވެނީގެ ރައްކާތެރިކަން ލިބި (މީހުންނާ އިނދެގެން) ތިބި އަންހެނުންވެސް ތިޔަބައިމީހުންގެ މައްޗަށް حرام ކުރެއްވިއެވެ. (އެއީ) اللَّه ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ ގޮތެވެ. ކާވެނީގެ ރައްކާތެރިކަން ލިބޭގޮތުގައި، އަދި، ޒިނޭނުކުރާ ގޮތުގައި، ތިޔަބައިމީހުންގެ މުދަލުން ކާވެނީގެ ރަން ދީގެން، އެނޫން އަންހެނުންނާ އިނުން، ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ. ފަހެ، އެކަނބަލުންގެ ތެރެއިން ތިޔަބައިމީހުން ކާވެނިކޮށް އެކަމުގެ އުފާ ތިޔަބައިމީހުން އެބަޔެއްގެ ކިބައިން ލިބިގަތް ބަޔަކަށް ރަނުގެ ގޮތުގައި އެކަނބަލުންނަށް ކަނޑައަޅުއްވާފައިވާ އުޖޫރަ ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! ރަން ކަނޑައެޅުމަށްފަހު، ތިޔަބައިމީހުންގެ ދެފަރާތް ރުހި އެއްބަސްވީ ގޮތަކާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
وَمَن لَّمۡ یَسۡتَطِعۡ مِنكُمۡ طَوۡلًا أَن یَنكِحَ ٱلۡمُحۡصَنَـٰتِ ٱلۡمُؤۡمِنَـٰتِ فَمِن مَّا مَلَكَتۡ أَیۡمَـٰنُكُم مِّن فَتَیَـٰتِكُمُ ٱلۡمُؤۡمِنَـٰتِۚ وَٱللَّهُ أَعۡلَمُ بِإِیمَـٰنِكُمۚ بَعۡضُكُم مِّنۢ بَعۡضࣲۚ فَٱنكِحُوهُنَّ بِإِذۡنِ أَهۡلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلۡمَعۡرُوفِ مُحۡصَنَـٰتٍ غَیۡرَ مُسَـٰفِحَـٰتࣲ وَلَا مُتَّخِذَ ٰتِ أَخۡدَانࣲۚ فَإِذَاۤ أُحۡصِنَّ فَإِنۡ أَتَیۡنَ بِفَـٰحِشَةࣲ فَعَلَیۡهِنَّ نِصۡفُ مَا عَلَى ٱلۡمُحۡصَنَـٰتِ مِنَ ٱلۡعَذَابِۚ ذَ ٰلِكَ لِمَنۡ خَشِیَ ٱلۡعَنَتَ مِنكُمۡۚ وَأَن تَصۡبِرُوا۟ خَیۡرࣱ لَّكُمۡۗ وَٱللَّهُ غَفُورࣱ رَّحِیمࣱ ﴿25﴾
إيمان ވެގެންތިބި މިނިވަން އަންހެނުންނާ ކާވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ إيمان ވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކާވެނިކުރުން ހުށްޓެވެ. ތިޔަބައިމީހުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންގެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެބަހީ: دين ގެ ގޮތުން ތިޔަބައިމީހުންނެކޭ، އެ އަޅުއަންހެނުންނެކޭ އެއްގޮތެވެ.) ފަހެ، އެކަނބަލުންގެ ސާހިބުންގެ إذن އާއެކު، އެކަނބަލުންނާ ތިޔަބައިމީހުން ކާވެނިކުރާށެވެ! އަދި، އެކަނބަލުންގެ ރަން، ހިތްހެޔޮކަމާއެކު ހެޔޮގޮތުގައި އެކަނބަލުންނަށް ދޭށެވެ! ކާވެނީގެ ރައްކާތެރިކަންލިބި، އެކަނބަލުން عفة ތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި، ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރިން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ. ފަހެ، އެކަނބަލުން ކާވެނިކުރުމަށްފަހު، ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް ގެނެސްގެންފިނަމަ، (އެބަހީ: ޒިނޭކޮށްފިނަމަ) މިނިވަން އަންހެނުންގެ މައްޗަށް އޮތް އަދަބުގެ ދެބައިކުޅަ އެއްބައި އެކަނބަލުންގެ މައްޗަށް ހުށްޓެވެ. އެކަން، (އެބަހީ: އަޅުއަންހެނުންނާ ކާވެނިކުރުން) އޮތީ ތިޔަބައިމީހުންގެ ތެރެއިން ޒިނޭކުރެވިދާނެކަމަށް ބިރުގެންފި މީހަކަށެވެ. ތިޔަބައިމީހުން ކެތްތެރިވުން، ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
یُرِیدُ ٱللَّهُ لِیُبَیِّنَ لَكُمۡ وَیَهۡدِیَكُمۡ سُنَنَ ٱلَّذِینَ مِن قَبۡلِكُمۡ وَیَتُوبَ عَلَیۡكُمۡۗ وَٱللَّهُ عَلِیمٌ حَكِیمࣱ ﴿26﴾
اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް (مصلحة ހުރިގޮތް) بيان ކޮށްދެއްވުމަށެވެ. އަދި، ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
وَٱللَّهُ یُرِیدُ أَن یَتُوبَ عَلَیۡكُمۡ وَیُرِیدُ ٱلَّذِینَ یَتَّبِعُونَ ٱلشَّهَوَ ٰتِ أَن تَمِیلُوا۟ مَیۡلًا عَظِیمࣰا ﴿27﴾
އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.
یُرِیدُ ٱللَّهُ أَن یُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَـٰنُ ضَعِیفࣰا ﴿28﴾
اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَأۡكُلُوۤا۟ أَمۡوَ ٰلَكُم بَیۡنَكُم بِٱلۡبَـٰطِلِ إِلَّاۤ أَن تَكُونَ تِجَـٰرَةً عَن تَرَاضࣲ مِّنكُمۡۚ وَلَا تَقۡتُلُوۤا۟ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِیمࣰا ﴿29﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَمَن یَفۡعَلۡ ذَ ٰلِكَ عُدۡوَ ٰنࣰا وَظُلۡمࣰا فَسَوۡفَ نُصۡلِیهِ نَارࣰاۚ وَكَانَ ذَ ٰلِكَ عَلَى ٱللَّهِ یَسِیرًا ﴿30﴾
ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.
إِن تَجۡتَنِبُوا۟ كَبَاۤىِٕرَ مَا تُنۡهَوۡنَ عَنۡهُ نُكَفِّرۡ عَنكُمۡ سَیِّـَٔاتِكُمۡ وَنُدۡخِلۡكُم مُّدۡخَلࣰا كَرِیمࣰا ﴿31﴾
ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ.
وَلَا تَتَمَنَّوۡا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعۡضَكُمۡ عَلَىٰ بَعۡضࣲۚ لِّلرِّجَالِ نَصِیبࣱ مِّمَّا ٱكۡتَسَبُوا۟ۖ وَلِلنِّسَاۤءِ نَصِیبࣱ مِّمَّا ٱكۡتَسَبۡنَۚ وَسۡـَٔلُوا۟ ٱللَّهَ مِن فَضۡلِهِۦۤۚ إِنَّ ٱللَّهَ كَانَ بِكُلِّ شَیۡءٍ عَلِیمࣰا ﴿32﴾
ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ.
وَلِكُلࣲّ جَعَلۡنَا مَوَ ٰلِیَ مِمَّا تَرَكَ ٱلۡوَ ٰلِدَانِ وَٱلۡأَقۡرَبُونَۚ وَٱلَّذِینَ عَقَدَتۡ أَیۡمَـٰنُكُمۡ فَـَٔاتُوهُمۡ نَصِیبَهُمۡۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَیۡءࣲ شَهِیدًا ﴿33﴾
މަައިންބަފައިންނާއި، ގާތްތިމާގެ މީހުން ދޫކޮށްފައިވާ މުދަލުން ވާރުތަވެގެން ލިބޭނެ ބަޔަކު، ކޮންމެ މީހަކަށްމެ ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި، މުދަލުން ވާރުތަވުމަށް ތިޔަބައިމީހުން عهد ވެ، އެއްބަސްވެފައިވާ މީހުންނަށް އެއުރެންގެ ބައި، ތިޔަބައިމީހުން ދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެ ވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ.
ٱلرِّجَالُ قَوَّ ٰمُونَ عَلَى ٱلنِّسَاۤءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضࣲ وَبِمَاۤ أَنفَقُوا۟ مِنۡ أَمۡوَ ٰلِهِمۡۚ فَٱلصَّـٰلِحَـٰتُ قَـٰنِتَـٰتٌ حَـٰفِظَـٰتࣱ لِّلۡغَیۡبِ بِمَا حَفِظَ ٱللَّهُۚ وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِی ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُوا۟ عَلَیۡهِنَّ سَبِیلًاۗ إِنَّ ٱللَّهَ كَانَ عَلِیࣰّا كَبِیرࣰا ﴿34﴾
ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް نصيحة ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ.
وَإِنۡ خِفۡتُمۡ شِقَاقَ بَیۡنِهِمَا فَٱبۡعَثُوا۟ حَكَمࣰا مِّنۡ أَهۡلِهِۦ وَحَكَمࣰا مِّنۡ أَهۡلِهَاۤ إِن یُرِیدَاۤ إِصۡلَـٰحࣰا یُوَفِّقِ ٱللَّهُ بَیۡنَهُمَاۤۗ إِنَّ ٱللَّهَ كَانَ عَلِیمًا خَبِیرࣰا ﴿35﴾
އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! صلح ކުރުމަށް އެދެމީހުން قصد ކުރާނަމަ، اللَّه، އެ ދެމީހުން صلح ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ خبير ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
۞ وَٱعۡبُدُوا۟ ٱللَّهَ وَلَا تُشۡرِكُوا۟ بِهِۦ شَیۡـࣰٔاۖ وَبِٱلۡوَ ٰلِدَیۡنِ إِحۡسَـٰنࣰا وَبِذِی ٱلۡقُرۡبَىٰ وَٱلۡیَتَـٰمَىٰ وَٱلۡمَسَـٰكِینِ وَٱلۡجَارِ ذِی ٱلۡقُرۡبَىٰ وَٱلۡجَارِ ٱلۡجُنُبِ وَٱلصَّاحِبِ بِٱلۡجَنۢبِ وَٱبۡنِ ٱلسَّبِیلِ وَمَا مَلَكَتۡ أَیۡمَـٰنُكُمۡۗ إِنَّ ٱللَّهَ لَا یُحِبُّ مَن كَانَ مُخۡتَالࣰا فَخُورًا ﴿36﴾
ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ٱلَّذِینَ یَبۡخَلُونَ وَیَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِ وَیَكۡتُمُونَ مَاۤ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۗ وَأَعۡتَدۡنَا لِلۡكَـٰفِرِینَ عَذَابࣰا مُّهِینࣰا ﴿37﴾
އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި، ދަހިވެތިވުމަށް މީސްތަކުންނަށް أمر ކުރާ މީހުންނެވެ. އަދި، اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެބަޔަކަށް ދެއްވާފައިވާ ތަކެއްޗާއި ކަންތައް ވަންހަނާކުރާ މީހުންނެވެ. كافر ންނަށްޓަކައި، އިހާނަތްތެރި عذاب ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.
وَٱلَّذِینَ یُنفِقُونَ أَمۡوَ ٰلَهُمۡ رِئَاۤءَ ٱلنَّاسِ وَلَا یُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡیَوۡمِ ٱلۡـَٔاخِرِۗ وَمَن یَكُنِ ٱلشَّیۡطَـٰنُ لَهُۥ قَرِینࣰا فَسَاۤءَ قَرِینࣰا ﴿38﴾
އަދި، އެއުރެންނަކީ، މީސްތަކުންނަށް ދެއްކުމަށްޓަކައި އެއުރެންގެ މުދާތައް ހޭދަކޮށް އުޅޭމީހުންނެވެ. އަދި، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންނެވެ. شيطان އާ، އެމީހެއްގެ އެކުވެރިޔަކު ކަމުގައިވާ މީހާ، (ދަންނާށެވެ!) ފަހެ، އެކަލޭގެއީ، ހާދަހާ ނުބައިވެގެންވާ އެކުވެރިއެކެވެ.
وَمَاذَا عَلَیۡهِمۡ لَوۡ ءَامَنُوا۟ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُۚ وَكَانَ ٱللَّهُ بِهِمۡ عَلِیمًا ﴿39﴾
އެއުރެން اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، އެއުރެންނަށް اللَّه ދެއްވި ތަކެތިން އެއުރެން ހޭދަކޮށްއުޅުނުނަމަ، އެއުރެންގެ މައްޗަށް އޮތީ ކޮންކަމެއްހެއްޔެވެ؟ އެއުރެންގެ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
إِنَّ ٱللَّهَ لَا یَظۡلِمُ مِثۡقَالَ ذَرَّةࣲۖ وَإِن تَكُ حَسَنَةࣰ یُضَـٰعِفۡهَا وَیُؤۡتِ مِن لَّدُنۡهُ أَجۡرًا عَظِیمࣰا ﴿40﴾
اللَّه، (އެއްވެސް މީހަކަށް) ذر އެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ثواب) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ.
فَكَیۡفَ إِذَا جِئۡنَا مِن كُلِّ أُمَّةِۭ بِشَهِیدࣲ وَجِئۡنَا بِكَ عَلَىٰ هَـٰۤؤُلَاۤءِ شَهِیدࣰا ﴿41﴾
ފަހެ، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެ أمّة އެއްގެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (كافر ންގެ حال) ކޮންފަދަތޯއެވެ؟
یَوۡمَىِٕذࣲ یَوَدُّ ٱلَّذِینَ كَفَرُوا۟ وَعَصَوُا۟ ٱلرَّسُولَ لَوۡ تُسَوَّىٰ بِهِمُ ٱلۡأَرۡضُ وَلَا یَكۡتُمُونَ ٱللَّهَ حَدِیثࣰا ﴿42﴾
كافر ވެ، رسول އާއަށް ނުކިޔަމަންތެރިވި މީހުން އެއުރެން ބިމާ ހަމަހަމަވެގެން ދާނެނަމައޭ ހީކޮށް، އެގޮތްވުމަށް އެދުވަހު އެދޭނެތެވެ. އަދި، (އެދުވަހުން) އެއުރެންނަކަށް اللَّه އަށް އެއްވެސް ކަމެއް ވަންހަނާއެއް ނުކުރެވޭނެތެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَقۡرَبُوا۟ ٱلصَّلَوٰةَ وَأَنتُمۡ سُكَـٰرَىٰ حَتَّىٰ تَعۡلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِی سَبِیلٍ حَتَّىٰ تَغۡتَسِلُوا۟ۚ وَإِن كُنتُم مَّرۡضَىٰۤ أَوۡ عَلَىٰ سَفَرٍ أَوۡ جَاۤءَ أَحَدࣱ مِّنكُم مِّنَ ٱلۡغَاۤىِٕطِ أَوۡ لَـٰمَسۡتُمُ ٱلنِّسَاۤءَ فَلَمۡ تَجِدُوا۟ مَاۤءࣰ فَتَیَمَّمُوا۟ صَعِیدࣰا طَیِّبࣰا فَٱمۡسَحُوا۟ بِوُجُوهِكُمۡ وَأَیۡدِیكُمۡۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا ﴿43﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، جنب ވެރިވެގެންވާ حال ވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!) އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބަައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيمم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ.
أَلَمۡ تَرَ إِلَى ٱلَّذِینَ أُوتُوا۟ نَصِیبࣰا مِّنَ ٱلۡكِتَـٰبِ یَشۡتَرُونَ ٱلضَّلَـٰلَةَ وَیُرِیدُونَ أَن تَضِلُّوا۟ ٱلسَّبِیلَ ﴿44﴾
ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން މަގުފުރެދުން ގަނެތެވެ. އަދި، ތިޔަބައިމީހުން މަގުފުރެދުމަށްވެސް އެއުރެން އެދެތެެވެ.
وَٱللَّهُ أَعۡلَمُ بِأَعۡدَاۤىِٕكُمۡۚ وَكَفَىٰ بِٱللَّهِ وَلِیࣰّا وَكَفَىٰ بِٱللَّهِ نَصِیرࣰا ﴿45﴾
اللَّه ތިޔަބައިމީހުންގެ عداوة ތެރިން ދެނެވޮޑިގަތުން ބޮޑެވެ. އަދި، އެހީތެރިޔަކުކަމުގައި اللَّه ފުދެއެވެ. އަދި، نصر ވެރިޔަކު ކަމުގައިވެސް اللَّه ފުދެއެވެ.
مِّنَ ٱلَّذِینَ هَادُوا۟ یُحَرِّفُونَ ٱلۡكَلِمَ عَن مَّوَاضِعِهِۦ وَیَقُولُونَ سَمِعۡنَا وَعَصَیۡنَا وَٱسۡمَعۡ غَیۡرَ مُسۡمَعࣲ وَرَ ٰعِنَا لَیَّۢا بِأَلۡسِنَتِهِمۡ وَطَعۡنࣰا فِی ٱلدِّینِۚ وَلَوۡ أَنَّهُمۡ قَالُوا۟ سَمِعۡنَا وَأَطَعۡنَا وَٱسۡمَعۡ وَٱنظُرۡنَا لَكَانَ خَیۡرࣰا لَّهُمۡ وَأَقۡوَمَ وَلَـٰكِن لَّعَنَهُمُ ٱللَّهُ بِكُفۡرِهِمۡ فَلَا یُؤۡمِنُونَ إِلَّا قَلِیلࣰا ﴿46﴾
ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާމީހުން يهودى ންގެ ތެރެއިންވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭމީހެއްގެ ގޮތުގައި އައްސަވާށޭ، އަދި، ތިމަންމެންނަށް ބައްލަވާށޭ، އެއުރެން ބުނެތެވެ. (އެއުރެން އެފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވާލުމުގެ ގޮތުންނެވެ. އަދި، دين އާ މެދުގައި ނިކަމެތި ބަސްބުނުމުގެ ގޮތުންނެވެ. ތިމަންމެން އަހައިފީމުއޭ، އަދި، ކިޔަމަން ވެއްޖައީމުއޭ، އަދި، އައްސަވާށޭ، އަދި، ތިމަންމެންނަށްޓަކައި ލަސްކޮށްލައްވާ انتظار ކުރައްވާށޭ (މިހެން) އެއުރެން ބުނިނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ސީދާކަންވެސް މާބޮޑުވީހެވެ. އެހެނެއްކަމަކު، އެއުރެން كافر ވުމުގެ ސަބަބުން اللَّه، އެއުރެންނަށް لعنة ލެއްވިއެވެ. ފަހެ، (އޭގެތެރެއިން) މަދުބަޔަކުމެނުވީ إيمان އެއް ނުވެތެވެ.
یَـٰۤأَیُّهَا ٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ ءَامِنُوا۟ بِمَا نَزَّلۡنَا مُصَدِّقࣰا لِّمَا مَعَكُم مِّن قَبۡلِ أَن نَّطۡمِسَ وُجُوهࣰا فَنَرُدَّهَا عَلَىٰۤ أَدۡبَارِهَاۤ أَوۡ نَلۡعَنَهُمۡ كَمَا لَعَنَّاۤ أَصۡحَـٰبَ ٱلسَّبۡتِۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولًا ﴿47﴾
އޭ ފޮތް ލިބުނު މީހުންނޭވެ! ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ތެދުކުރާގޮތުގައި، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! (އެއީ) މޫނުތަކެއް ބަދަލުކުރައްވައި، ތިމަންރަސްކަލާނގެ އެ މޫނުތައް ފުރަގަހަށް ރައްދުކުރެއްވުމުގެ ކުރިންނެވެ. (އެބަހީ: އެއުރެންގެ މައްޗަށް عذاب އެއް ފޮނުއްވުމުގެ ކުރިންނެވެ.) ނުވަތަ، ހޮނިހިރުގެ أهل ވެރިންނަށް، ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން، އެއުރެންނަށް لعنة ލެއްވުމުގެ ކުރިންނެވެ. اللَّه ގެ أمر ފުޅު އެއީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ.
إِنَّ ٱللَّهَ لَا یَغۡفِرُ أَن یُشۡرَكَ بِهِۦ وَیَغۡفِرُ مَا دُونَ ذَ ٰلِكَ لِمَن یَشَاۤءُۚ وَمَن یُشۡرِكۡ بِٱللَّهِ فَقَدِ ٱفۡتَرَىٰۤ إِثۡمًا عَظِیمًا ﴿48﴾
ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.
أَلَمۡ تَرَ إِلَى ٱلَّذِینَ یُزَكُّونَ أَنفُسَهُمۚ بَلِ ٱللَّهُ یُزَكِّی مَن یَشَاۤءُ وَلَا یُظۡلَمُونَ فَتِیلًا ﴿49﴾
ތިމާމެންގެ އަމިއްލަ نفس ތަކަށް ތާރީފުކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއްތަ! اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތާރީފުކުރައްވަތެވެ. އަދި، ކިތަންމެކުޑަ މިންވަރަކުން ވިޔަސް، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ.
ٱنظُرۡ كَیۡفَ یَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَۖ وَكَفَىٰ بِهِۦۤ إِثۡمࣰا مُّبِینًا ﴿50﴾
اللَّه އާމެދު، އެއުރެން ދޮގު ހަދާގޮތް ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! بيان ވެގެންވާ ފާފައެއްކަމުގައި އެކަންތައް ފުދެއެވެ.
أَلَمۡ تَرَ إِلَى ٱلَّذِینَ أُوتُوا۟ نَصِیبࣰا مِّنَ ٱلۡكِتَـٰبِ یُؤۡمِنُونَ بِٱلۡجِبۡتِ وَٱلطَّـٰغُوتِ وَیَقُولُونَ لِلَّذِینَ كَفَرُوا۟ هَـٰۤؤُلَاۤءِ أَهۡدَىٰ مِنَ ٱلَّذِینَ ءَامَنُوا۟ سَبِیلًا ﴿51﴾
ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، شيطان އާޔަށް إيمان ވެއެވެ. އަދި، كافر ވި މީހުންނަށް، އެއުރެން ބުނެތެވެ. إيمان ވެގެން ތިބި މީހުންނަށްވުރެން، މިބައިމީހުންނަށް ތެދުމަގު ލިބުން ބޮޑެވެ.
أُو۟لَـٰۤىِٕكَ ٱلَّذِینَ لَعَنَهُمُ ٱللَّهُۖ وَمَن یَلۡعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِیرًا ﴿52﴾
އެއުރެންނަކީ، ހަމަ اللَّه، لعنة ލައްވާފައިވާ މީހުންނެވެ. اللَّه، لعنة ލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް نصر ވެރިވާނޭ މީހަކު ތިބާޔަކަށް ނުފެންނާނެތެވެ.
أَمۡ لَهُمۡ نَصِیبࣱ مِّنَ ٱلۡمُلۡكِ فَإِذࣰا لَّا یُؤۡتُونَ ٱلنَّاسَ نَقِیرًا ﴿53﴾
ނުވަތަ، ވެރިކަމުގެ ތެރެއިން ބައެއް އެއުރެންނަށް ލިބިގެންވަނީހެއްޔެވެ؟ ފަހެ، އެހެންވެއްޖިއްޔާ އެއުރެން މީސްތަކުންނަށް ކިތަންމެ ކުޑަމިންވަރެއްވިޔަސް ނުދޭނެތެވެ.
أَمۡ یَحۡسُدُونَ ٱلنَّاسَ عَلَىٰ مَاۤ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۖ فَقَدۡ ءَاتَیۡنَاۤ ءَالَ إِبۡرَ ٰهِیمَ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ وَءَاتَیۡنَـٰهُم مُّلۡكًا عَظِیمࣰا ﴿54﴾
ނުވަތަ، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، إبراهيم ގެފާނުންގެ آل ވެރިންނަށް، ފޮތާއި حكمة، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ.
فَمِنۡهُم مَّنۡ ءَامَنَ بِهِۦ وَمِنۡهُم مَّن صَدَّ عَنۡهُۚ وَكَفَىٰ بِجَهَنَّمَ سَعِیرًا ﴿55﴾
ފަހެ، އެކަލޭގެފާނަށް (އެބަހީ: محمد ގެފާނަށް) إيمان ވި މީހުން އެއުރެންގެ ތެރެއިންވެއެވެ. އަދި، އެކަލޭގެފާނަށް ފުރަގަސްދިން މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. (އެއުރެންނަށްޓަކައި) އަނދައަނދާ ހުންނަ އަލިފާންގަނޑެއް ކަމުގައި جهنم ފުދެއެވެ.
إِنَّ ٱلَّذِینَ كَفَرُوا۟ بِـَٔایَـٰتِنَا سَوۡفَ نُصۡلِیهِمۡ نَارࣰا كُلَّمَا نَضِجَتۡ جُلُودُهُم بَدَّلۡنَـٰهُمۡ جُلُودًا غَیۡرَهَا لِیَذُوقُوا۟ ٱلۡعَذَابَۗ إِنَّ ٱللَّهَ كَانَ عَزِیزًا حَكِیمࣰا ﴿56﴾
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.
وَٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدۡخِلُهُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَدࣰاۖ لَّهُمۡ فِیهَاۤ أَزۡوَ ٰجࣱ مُّطَهَّرَةࣱۖ وَنُدۡخِلُهُمۡ ظِلࣰّا ظَلِیلًا ﴿57﴾
އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެއުރެން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި އެއުރެންނަށް طاهر ކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި، ހިޔާދެނިވި ހިޔަލަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ.
۞ إِنَّ ٱللَّهَ یَأۡمُرُكُمۡ أَن تُؤَدُّوا۟ ٱلۡأَمَـٰنَـٰتِ إِلَىٰۤ أَهۡلِهَا وَإِذَا حَكَمۡتُم بَیۡنَ ٱلنَّاسِ أَن تَحۡكُمُوا۟ بِٱلۡعَدۡلِۚ إِنَّ ٱللَّهَ نِعِمَّا یَعِظُكُم بِهِۦۤۗ إِنَّ ٱللَّهَ كَانَ سَمِیعَۢا بَصِیرࣰا ﴿58﴾
ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ أَطِیعُوا۟ ٱللَّهَ وَأَطِیعُوا۟ ٱلرَّسُولَ وَأُو۟لِی ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَـٰزَعۡتُمۡ فِی شَیۡءࣲ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِۚ ذَ ٰلِكَ خَیۡرࣱ وَأَحۡسَنُ تَأۡوِیلًا ﴿59﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.
أَلَمۡ تَرَ إِلَى ٱلَّذِینَ یَزۡعُمُونَ أَنَّهُمۡ ءَامَنُوا۟ بِمَاۤ أُنزِلَ إِلَیۡكَ وَمَاۤ أُنزِلَ مِن قَبۡلِكَ یُرِیدُونَ أَن یَتَحَاكَمُوۤا۟ إِلَى ٱلطَّـٰغُوتِ وَقَدۡ أُمِرُوۤا۟ أَن یَكۡفُرُوا۟ بِهِۦۖ وَیُرِیدُ ٱلشَّیۡطَـٰنُ أَن یُضِلَّهُمۡ ضَلَـٰلَۢا بَعِیدࣰا ﴿60﴾
ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން حكم ލިބިގަންނާން، އުރެދުންތެރިކަން ބޮޑުފަރާތަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް كافر ވުމަށް އެއުރެންނަށް أمر ކުރައްވާފައިވާ حال ގައެވެ. އަދި، شيطان އާ އެދެނީ، (حق މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.
وَإِذَا قِیلَ لَهُمۡ تَعَالَوۡا۟ إِلَىٰ مَاۤ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَیۡتَ ٱلۡمُنَـٰفِقِینَ یَصُدُّونَ عَنكَ صُدُودࣰا ﴿61﴾
އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާ ގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، منافق ން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ.
فَكَیۡفَ إِذَاۤ أَصَـٰبَتۡهُم مُّصِیبَةُۢ بِمَا قَدَّمَتۡ أَیۡدِیهِمۡ ثُمَّ جَاۤءُوكَ یَحۡلِفُونَ بِٱللَّهِ إِنۡ أَرَدۡنَاۤ إِلَّاۤ إِحۡسَـٰنࣰا وَتَوۡفِیقًا ﴿62﴾
އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކެއްގެ ސަބަބުން އެއުރެންނަށް مصيبة އެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން إحسان ތެރިވުމާއި، އެކުވެރިކުރުން މެނުވީ ތިމަންމެން قصد އެއް ނުކުރަމުއޭ ދަންނަވައި، اللَّه ގަންދީ ހުވާކުރަމުން ކަލޭގެފާނުންގެ އަރިހަށް އާދެއެވެ.
أُو۟لَـٰۤىِٕكَ ٱلَّذِینَ یَعۡلَمُ ٱللَّهُ مَا فِی قُلُوبِهِمۡ فَأَعۡرِضۡ عَنۡهُمۡ وَعِظۡهُمۡ وَقُل لَّهُمۡ فِیۤ أَنفُسِهِمۡ قَوۡلَۢا بَلِیغࣰا ﴿63﴾
އެއުރެންނަކީ، އެއުރެންގެ ހިތްތަކުގައިވާ ގޮތްތައް، اللَّه ދެނެވޮޑިގެންވާ މީހުންނެެވެ. ފަހެ، (ކަލޭގެފާނު އެއުރެންނާ عقوبات ދެއްވުން ފިޔަވައި) ކަލޭގެފާނު ދުރުހެލިވެވަޑައި ގަންނަވާށެވެ! އަދި، އެއުރެންނަށް وعظ އާއި نصيحة އިއްވަވާށެވެ! އަދި، އެއުރެންގެ نفس ތަކާމެދު އަސަރުކުރާފަދަ بلاغة ތެރި ބަސްފުޅަކުން އެއުރެންނާ ވާހަކަފުޅު ދައްކަވާށެވެ!
وَمَاۤ أَرۡسَلۡنَا مِن رَّسُولٍ إِلَّا لِیُطَاعَ بِإِذۡنِ ٱللَّهِۚ وَلَوۡ أَنَّهُمۡ إِذ ظَّلَمُوۤا۟ أَنفُسَهُمۡ جَاۤءُوكَ فَٱسۡتَغۡفَرُوا۟ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابࣰا رَّحِیمࣰا ﴿64﴾
اللَّه ގެ إذن ފުޅާއެކު، ކިޔަމަންވުމަށްޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އަދި، އެއުރެން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّه ގެ حضرة އަށް ދަންނަވައި އެދުނުނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވިނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ.
فَلَا وَرَبِّكَ لَا یُؤۡمِنُونَ حَتَّىٰ یُحَكِّمُوكَ فِیمَا شَجَرَ بَیۡنَهُمۡ ثُمَّ لَا یَجِدُوا۟ فِیۤ أَنفُسِهِمۡ حَرَجࣰا مِّمَّا قَضَیۡتَ وَیُسَلِّمُوا۟ تَسۡلِیمࣰا ﴿65﴾
އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.
وَلَوۡ أَنَّا كَتَبۡنَا عَلَیۡهِمۡ أَنِ ٱقۡتُلُوۤا۟ أَنفُسَكُمۡ أَوِ ٱخۡرُجُوا۟ مِن دِیَـٰرِكُم مَّا فَعَلُوهُ إِلَّا قَلِیلࣱ مِّنۡهُمۡۖ وَلَوۡ أَنَّهُمۡ فَعَلُوا۟ مَا یُوعَظُونَ بِهِۦ لَكَانَ خَیۡرࣰا لَّهُمۡ وَأَشَدَّ تَثۡبِیتࣰا ﴿66﴾
އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް قتل ކުރާށޭ ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެކަން އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ فرض ކުރެއްވިނަމަ، އޭގެތެރެއިން މަދުބަޔަކު މެނުވީ އެކަންތަކެއް ނުކުޅައީހެވެ. އަދި، އެއުރެންނަށް އެކަމާމެދު وعظ އިއްވަވާ ކަންތައް އެއުރެން ކުޅަނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ثابت ވެ ތިބުމުގައި ގަދަފަދަކަން ބޮޑުވީސްމެއެވެ.
وَإِذࣰا لَّـَٔاتَیۡنَـٰهُم مِّن لَّدُنَّاۤ أَجۡرًا عَظِیمࣰا ﴿67﴾
އަދި، އެހެންވީނަމަ، ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވީމުހެެވެ.
وَلَهَدَیۡنَـٰهُمۡ صِرَ ٰطࣰا مُّسۡتَقِیمࣰا ﴿68﴾
އަދި، ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގު ދެއްކެވީމުހެވެ.
وَمَن یُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰۤىِٕكَ مَعَ ٱلَّذِینَ أَنۡعَمَ ٱللَّهُ عَلَیۡهِم مِّنَ ٱلنَّبِیِّـۧنَ وَٱلصِّدِّیقِینَ وَٱلشُّهَدَاۤءِ وَٱلصَّـٰلِحِینَۚ وَحَسُنَ أُو۟لَـٰۤىِٕكَ رَفِیقࣰا ﴿69﴾
اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ.
ذَ ٰلِكَ ٱلۡفَضۡلُ مِنَ ٱللَّهِۚ وَكَفَىٰ بِٱللَّهِ عَلِیمࣰا ﴿70﴾
އެ فضل ވަންތަކަން ވަނީ، اللَّه ގެ حضرة ންނެވެ. މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ފުދެއެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ خُذُوا۟ حِذۡرَكُمۡ فَٱنفِرُوا۟ ثُبَاتٍ أَوِ ٱنفِرُوا۟ جَمِیعࣰا ﴿71﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (عدوّ ންނާ ހަނގުރާމަ ކުރުމުގައި) ރައްކާތެރި ކަމުގައި ހިފާށެވެ! އަދި، ބައިބަޔަށް ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ! ނުވަތަ، އެންމެން އެކުގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ!
وَإِنَّ مِنكُمۡ لَمَن لَّیُبَطِّئَنَّ فَإِنۡ أَصَـٰبَتۡكُم مُّصِیبَةࣱ قَالَ قَدۡ أَنۡعَمَ ٱللَّهُ عَلَیَّ إِذۡ لَمۡ أَكُن مَّعَهُمۡ شَهِیدࣰا ﴿72﴾
ހަމަކަށަވަރުން، ހަނގުރާމަޔަށް ނުކުތުމުގައި ފަސްޖެހި، އަދި އެހެން މީހުން ފަސްޖެހުމަށް ބާރުއަޅާ މީހަކު، ތިޔަބައިމީހުންގެ ތެރެއިން ވާކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުންނަށް مصيبة އެއް ޖެހިއްޖެނަމަ، އެމީހަކު ބުނެތެވެ. ހަމަކަށަވަރުން، اللَّه ތިމަންނާޔަށްވަނީ نعمة ދެއްވާފައެވެ. އެހެނީ، ތިމަން އެއުރެންނާއެކު ހަނގުރާމަޔަށް حاضر ވީ މީހަކު ކަމުގައި ނުވަމެވެ.
وَلَىِٕنۡ أَصَـٰبَكُمۡ فَضۡلࣱ مِّنَ ٱللَّهِ لَیَقُولَنَّ كَأَن لَّمۡ تَكُنۢ بَیۡنَكُمۡ وَبَیۡنَهُۥ مَوَدَّةࣱ یَـٰلَیۡتَنِی كُنتُ مَعَهُمۡ فَأَفُوزَ فَوۡزًا عَظِیمࣰا ﴿73﴾
އަދި، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فضل ވަންތަކަމެއް ލިބިއްޖެނަމަ، ހަމަކަށަވަރުން، އެމީހަކު ބުނާނެތެވެ. އޭ ސަހަރޯއެވެ! އެއުރެންނާ އެކުގައި ތިމަންވެސް ހަނގުރާމައިގައި ވީނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟ ފަހެ، އޭރުން ބޮޑުވެގެންވާ نصيب އަކުން ތިމަންނާއަށް نصيب ލިބޭނެއެވެ. (މިފަދައިން ބުނާއިރު) އެމީހަކާ ތިޔަބައިމީހުންނާ ދެމެދުގައި އެކުވެރިކަމެއް ރައްޓެހި ކަމެއްވެސް ނުވާާކަހަލައެވެ.
۞ فَلۡیُقَـٰتِلۡ فِی سَبِیلِ ٱللَّهِ ٱلَّذِینَ یَشۡرُونَ ٱلۡحَیَوٰةَ ٱلدُّنۡیَا بِٱلۡـَٔاخِرَةِۚ وَمَن یُقَـٰتِلۡ فِی سَبِیلِ ٱللَّهِ فَیُقۡتَلۡ أَوۡ یَغۡلِبۡ فَسَوۡفَ نُؤۡتِیهِ أَجۡرًا عَظِیمࣰا ﴿74﴾
آخرة އަށް ދުނިޔޭގެ ދިރިއުޅުން ދޫކޮށްލާ މީހުން، اللَّه ގެ މަގުގައި ހަނގުރާމަކުރާ ހުށިކަމެވެ! اللَّه ގެ މަގުގައި ހަނގުރާމަކޮށް، قتل ވާމީހާ، ނުވަތަ دشمن ން ބަލިކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.
وَمَا لَكُمۡ لَا تُقَـٰتِلُونَ فِی سَبِیلِ ٱللَّهِ وَٱلۡمُسۡتَضۡعَفِینَ مِنَ ٱلرِّجَالِ وَٱلنِّسَاۤءِ وَٱلۡوِلۡدَ ٰنِ ٱلَّذِینَ یَقُولُونَ رَبَّنَاۤ أَخۡرِجۡنَا مِنۡ هَـٰذِهِ ٱلۡقَرۡیَةِ ٱلظَّالِمِ أَهۡلُهَا وَٱجۡعَل لَّنَا مِن لَّدُنكَ وَلِیࣰّا وَٱجۡعَل لَّنَا مِن لَّدُنكَ نَصِیرًا ﴿75﴾
އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!
ٱلَّذِینَ ءَامَنُوا۟ یُقَـٰتِلُونَ فِی سَبِیلِ ٱللَّهِۖ وَٱلَّذِینَ كَفَرُوا۟ یُقَـٰتِلُونَ فِی سَبِیلِ ٱلطَّـٰغُوتِ فَقَـٰتِلُوۤا۟ أَوۡلِیَاۤءَ ٱلشَّیۡطَـٰنِۖ إِنَّ كَیۡدَ ٱلشَّیۡطَـٰنِ كَانَ ضَعِیفًا ﴿76﴾
إيمان ވި މީހުން اللَّه ގެ މަގުގައި ހަނގުރާމަކުރެތެވެ. އަދި، كافر ވި މީހުން شيطان އާގެ މަގުގައި ހަނގުރާމަކުރެތެވެ. ފަހެ، ތިޔަބައިމީހުން شيطان އާގެ ވާގިވެރިންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، شيطان އާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ.
أَلَمۡ تَرَ إِلَى ٱلَّذِینَ قِیلَ لَهُمۡ كُفُّوۤا۟ أَیۡدِیَكُمۡ وَأَقِیمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَیۡهِمُ ٱلۡقِتَالُ إِذَا فَرِیقࣱ مِّنۡهُمۡ یَخۡشَوۡنَ ٱلنَّاسَ كَخَشۡیَةِ ٱللَّهِ أَوۡ أَشَدَّ خَشۡیَةࣰۚ وَقَالُوا۟ رَبَّنَا لِمَ كَتَبۡتَ عَلَیۡنَا ٱلۡقِتَالَ لَوۡلَاۤ أَخَّرۡتَنَاۤ إِلَىٰۤ أَجَلࣲ قَرِیبࣲۗ قُلۡ مَتَـٰعُ ٱلدُّنۡیَا قَلِیلࣱ وَٱلۡـَٔاخِرَةُ خَیۡرࣱ لِّمَنِ ٱتَّقَىٰ وَلَا تُظۡلَمُونَ فَتِیلًا ﴿77﴾
ތިޔަބައިމީހުންގެ އަތްތައް (ހަނގުރާމައިން) އެއްކިބާކުރާށޭ، އަދި، ތިޔަބައިމީހުން ނަމާދު قائم ކޮށް، زكاة ދީ، އުޅޭށޭ އަންގަވާފައިވާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެންފަހެ، ހަނގުރާމަކުރުން އެއުރެންގެ މައްޗަށް فرض ކުރެއްވި ހިނދު، އެހާރުން އޭގެތެރެއިން ބަޔަކު اللَّه އަށް ބިރުވެތިވާފަދައިން، ނުވަތަ، އެއަަށްވުރެވެސް ގަދަ ބިރުވެތިވުމަކުން، މީސްތަކުންދެކެ ބިރުވެތިވެތެވެ. އަދި، އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ މައްޗަށް ހަނގުރާމަކުރުން فرض ކުރެއްވީ ކީއްވެގެންތޯއެވެ؟ ކައިރި مدة އަކަށް އަޅަމެންނަށް ފަސްކޮށްދެއްވިނަމަ، ކޮންފަދަތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި، تقوى ވެރިވި މީހަކަށް آخرة ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުށްޓެެވެ.
أَیۡنَمَا تَكُونُوا۟ یُدۡرِككُّمُ ٱلۡمَوۡتُ وَلَوۡ كُنتُمۡ فِی بُرُوجࣲ مُّشَیَّدَةࣲۗ وَإِن تُصِبۡهُمۡ حَسَنَةࣱ یَقُولُوا۟ هَـٰذِهِۦ مِنۡ عِندِ ٱللَّهِۖ وَإِن تُصِبۡهُمۡ سَیِّئَةࣱ یَقُولُوا۟ هَـٰذِهِۦ مِنۡ عِندِكَۚ قُلۡ كُلࣱّ مِّنۡ عِندِ ٱللَّهِۖ فَمَالِ هَـٰۤؤُلَاۤءِ ٱلۡقَوۡمِ لَا یَكَادُونَ یَفۡقَهُونَ حَدِیثࣰا ﴿78﴾
އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، اللَّه ގެ حضرة ން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟
مَّاۤ أَصَابَكَ مِنۡ حَسَنَةࣲ فَمِنَ ٱللَّهِۖ وَمَاۤ أَصَابَكَ مِن سَیِّئَةࣲ فَمِن نَّفۡسِكَۚ وَأَرۡسَلۡنَـٰكَ لِلنَّاسِ رَسُولࣰاۚ وَكَفَىٰ بِٱللَّهِ شَهِیدࣰا ﴿79﴾
ތިބާޔަށް ލިބިއްޖެ ހެޔޮކަމަކީ، ފަހެ، اللَّه ގެ حضرة ން އައިކަމެކެވެ. އަދި، ތިބާޔަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެ ގާތަށް ފޮނުއްވާފައިވަނީ، رسول އަކު ކަމުގައެވެ. ހެކިވެރިޔަކު ކަމުގައި اللَّه ފުދެއެވެ.
مَّن یُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَاۤ أَرۡسَلۡنَـٰكَ عَلَیۡهِمۡ حَفِیظࣰا ﴿80﴾
رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.
وَیَقُولُونَ طَاعَةࣱ فَإِذَا بَرَزُوا۟ مِنۡ عِندِكَ بَیَّتَ طَاۤىِٕفَةࣱ مِّنۡهُمۡ غَیۡرَ ٱلَّذِی تَقُولُۖ وَٱللَّهُ یَكۡتُبُ مَا یُبَیِّتُونَۖ فَأَعۡرِضۡ عَنۡهُمۡ وَتَوَكَّلۡ عَلَى ٱللَّهِۚ وَكَفَىٰ بِٱللَّهِ وَكِیلًا ﴿81﴾
އެއުރެން ބުނެތެވެ. ތިމަންމެން ކިޔަމަންވަމުއެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ، އޭގެތެރެއިން ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވައެވެ. އެއުރެން ރާވާގޮތް اللَّه ލިޔުއްވަތެވެ. ފަހެ، ކަލޭގެފާނު އެއުރެންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ! އަދި، اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދެއެވެ.
أَفَلَا یَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَیۡرِ ٱللَّهِ لَوَجَدُوا۟ فِیهِ ٱخۡتِلَـٰفࣰا كَثِیرࣰا ﴿82﴾
ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.
وَإِذَا جَاۤءَهُمۡ أَمۡرࣱ مِّنَ ٱلۡأَمۡنِ أَوِ ٱلۡخَوۡفِ أَذَاعُوا۟ بِهِۦۖ وَلَوۡ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰۤ أُو۟لِی ٱلۡأَمۡرِ مِنۡهُمۡ لَعَلِمَهُ ٱلَّذِینَ یَسۡتَنۢبِطُونَهُۥ مِنۡهُمۡۗ وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكُمۡ وَرَحۡمَتُهُۥ لَٱتَّبَعۡتُمُ ٱلشَّیۡطَـٰنَ إِلَّا قَلِیلࣰا ﴿83﴾
އަދި، އެއުރެންގެ ގާތަށް أمان ކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި نصر ލިބުން ނުވަތަ ބަލިވުން ފަދަ خبر އެއް އެއުރެންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، رسول އާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمر ވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ حقيقة ތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ. اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ شيطان އާއަށް تبع ވެއްޖައީހެވެ.
فَقَـٰتِلۡ فِی سَبِیلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفۡسَكَۚ وَحَرِّضِ ٱلۡمُؤۡمِنِینَۖ عَسَى ٱللَّهُ أَن یَكُفَّ بَأۡسَ ٱلَّذِینَ كَفَرُوا۟ۚ وَٱللَّهُ أَشَدُّ بَأۡسࣰا وَأَشَدُّ تَنكِیلࣰا ﴿84﴾
ފަހެ، اللَّه ގެ މަގުގައި ކަލޭގެފާނު ހަނގުރާމަ ކުރައްވާށެވެ! ކަލޭގެފާނުންގެ އަމިއްލަ نفس އަށް މެނުވީ ކަލޭގެފާނަކަށް تكليف އެއް ނުޖައްސަވާހުށްޓެވެ. އަދި، (ހަނގުރާމަކުރުމުގެ މައްޗަށް) مؤمن ންނަށް ކަލޭގެފާނު ހިތްވަރު ދެއްވާށެވެ! كافر ވި މީހުންގެ ބާރު، اللَّه ނެތިކުރެއްވުން ގާތެވެ. އަދި، ބާރުވެރިކަމުގެ ގޮތުން اللَّه ގަދަފަދަ ވަންތަކަން ބޮޑެވެ. އަދި، عذاب ދެއްވުމުގައިވެސް ގަދަފަދަވަންތަކަން ބޮޑުމެއެވެ.
مَّن یَشۡفَعۡ شَفَـٰعَةً حَسَنَةࣰ یَكُن لَّهُۥ نَصِیبࣱ مِّنۡهَاۖ وَمَن یَشۡفَعۡ شَفَـٰعَةࣰ سَیِّئَةࣰ یَكُن لَّهُۥ كِفۡلࣱ مِّنۡهَاۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَیۡءࣲ مُّقِیتࣰا ﴿85﴾
ހެޔޮ شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި، ނުބައި شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَإِذَا حُیِّیتُم بِتَحِیَّةࣲ فَحَیُّوا۟ بِأَحۡسَنَ مِنۡهَاۤ أَوۡ رُدُّوهَاۤۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَیۡءٍ حَسِیبًا ﴿86﴾
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
ٱللَّهُ لَاۤ إِلَـٰهَ إِلَّا هُوَۚ لَیَجۡمَعَنَّكُمۡ إِلَىٰ یَوۡمِ ٱلۡقِیَـٰمَةِ لَا رَیۡبَ فِیهِۗ وَمَنۡ أَصۡدَقُ مِنَ ٱللَّهِ حَدِیثࣰا ﴿87﴾
اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
۞ فَمَا لَكُمۡ فِی ٱلۡمُنَـٰفِقِینَ فِئَتَیۡنِ وَٱللَّهُ أَرۡكَسَهُم بِمَا كَسَبُوۤا۟ۚ أَتُرِیدُونَ أَن تَهۡدُوا۟ مَنۡ أَضَلَّ ٱللَّهُۖ وَمَن یُضۡلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِیلࣰا ﴿88﴾
ފަހެ، منافق ންނާމެދުގައި، ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންކުޅަ عمل ތަކުގެ ސަބަބުން، اللَّه އެއުރެން كافر ކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީހެއްޔެވެ؟ اللَّه މަގުފުރައްދަވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
وَدُّوا۟ لَوۡ تَكۡفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَاۤءࣰۖ فَلَا تَتَّخِذُوا۟ مِنۡهُمۡ أَوۡلِیَاۤءَ حَتَّىٰ یُهَاجِرُوا۟ فِی سَبِیلِ ٱللَّهِۚ فَإِن تَوَلَّوۡا۟ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَیۡثُ وَجَدتُّمُوهُمۡۖ وَلَا تَتَّخِذُوا۟ مِنۡهُمۡ وَلِیࣰّا وَلَا نَصِیرًا ﴿89﴾
އެއުރެން كافر ވި ފަދައިން، ތިޔަބައިމީހުންވެސް كافر ވާނެ ނަމައޭ ހިތައި އެކަމަށް އެއުރެން އެދުނޫއެވެ. އޭރުން ތިޔަބައިމީހުން (އެއުރެންނާ) ހަމަހަމަވެދާނެތެވެ. ފަހެ، އެއުރެންގެ ތެރެއިން އެހީތެރިން ތިޔަބައިމީހުން ނުހިފާށެވެ! (އެއީ) އެއުރެން اللَّه ގެ މަގުގައި هجرة ކޮށްފުމަށް ދާނދެނެވެ. ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ތިޔަބައިމީހުންނަށް އެއުރެން ފެނުނު ކޮންމެ ތަނަކުން އެއުރެން އަތުލާށެވެ! އަދި، އެއުރެން قتل ކުރާށެވެ! އަދި، އެއުރެންގެ ތެރެއިން އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް ތިޔަބައިމީހުން ނުހިފާށެވެ!
إِلَّا ٱلَّذِینَ یَصِلُونَ إِلَىٰ قَوۡمِۭ بَیۡنَكُمۡ وَبَیۡنَهُم مِّیثَـٰقٌ أَوۡ جَاۤءُوكُمۡ حَصِرَتۡ صُدُورُهُمۡ أَن یُقَـٰتِلُوكُمۡ أَوۡ یُقَـٰتِلُوا۟ قَوۡمَهُمۡۚ وَلَوۡ شَاۤءَ ٱللَّهُ لَسَلَّطَهُمۡ عَلَیۡكُمۡ فَلَقَـٰتَلُوكُمۡۚ فَإِنِ ٱعۡتَزَلُوكُمۡ فَلَمۡ یُقَـٰتِلُوكُمۡ وَأَلۡقَوۡا۟ إِلَیۡكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمۡ عَلَیۡهِمۡ سَبِیلࣰا ﴿90﴾
ތިޔަބައިމީހުންނާ އެބަޔަކާ މެދުގައި عهد އެއް އޮތް ބަޔެއްގެ ގާތަށް حماية ތެރިކަން އެދި ދާބަޔަކު މެނުވީއެވެ. ނުވަތަ، ތިޔަބައިމީހުންނާ ހަނގުރާމަކުރުމަށް ނުވަތަ އެއުރެންގެ قوم ގެމީހުންނާ ހަނގުރާމަކުރުމަށް އެއުރެންގެ ހިތްތައް ދަތިވެގެން ތިޔަބައިމީހުންގެ ގާތަށް އައިބަޔަކު މެނުވީއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ފާކުރައްވައިފީސްކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންނާ ހަނގުރާމަކުރީސްކަން ކަށަވަރެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނާ ވަކިވެ، ތިޔަބައިމީހުންނާ ހަނގުރާމަނުކޮށް އަދި، ތިޔަބައިމީހުންނަށް އެއުރެން تسليم ކޮށްފިނަމަ، ފަހެ، އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަކަށް اللَّه މަގެއް ލައްވާފައެއް ނުވެއެވެ.
سَتَجِدُونَ ءَاخَرِینَ یُرِیدُونَ أَن یَأۡمَنُوكُمۡ وَیَأۡمَنُوا۟ قَوۡمَهُمۡ كُلَّ مَا رُدُّوۤا۟ إِلَى ٱلۡفِتۡنَةِ أُرۡكِسُوا۟ فِیهَاۚ فَإِن لَّمۡ یَعۡتَزِلُوكُمۡ وَیُلۡقُوۤا۟ إِلَیۡكُمُ ٱلسَّلَمَ وَیَكُفُّوۤا۟ أَیۡدِیَهُمۡ فَخُذُوهُمۡ وَٱقۡتُلُوهُمۡ حَیۡثُ ثَقِفۡتُمُوهُمۡۚ وَأُو۟لَـٰۤىِٕكُمۡ جَعَلۡنَا لَكُمۡ عَلَیۡهِمۡ سُلۡطَـٰنࣰا مُّبِینࣰا ﴿91﴾
ތިޔަބައިމީހުންގެ ކިބައިން أمان ކަން ލިބިގަތުމަށާއި، އެއުރެންގެ قوم ގެމީހުންގެ ކިބައިން أمان ކަން ލިބިގަތުމަށް އެދޭ އެހެންބަޔަކު ތިޔަބައިމީހުންނަށް ފެންނާނެތެވެ. އެއުރެން فتنة ވެރިކަމާއި، شرك ގެ ތެރެޔަށް އެނބުރިދިޔުމަށް ގޮވާލައިފި ކޮންމެ ހިނދެއްގައި އެއުރެން އެކަމުގެ ތެރެޔަށް ވެއްޓިގަނެއެވެ. ފަހެ އެއުރެން ތިޔަބައިމީހުންނާ އެއްކިބާ ނުވިނަމަ، އަދި، ތިޔަބައިމީހުންނަށް تسليم ނުކުރިނަމަ، އަދި، އެއުރެންގެ އަތްތައް ހަނގުރާމައިން އެއްކިބާ ނުކުރިނަމަ، ދެން އެއުރެން ފެނުނު ކޮންމެތާކުން އަތުލައި قتل ކުރާށެވެ! އަދި، بيان ވެގެންވާ ބާރުވެރިކަމެއް އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ލެއްވީމެވެ.
وَمَا كَانَ لِمُؤۡمِنٍ أَن یَقۡتُلَ مُؤۡمِنًا إِلَّا خَطَـࣰٔاۚ وَمَن قَتَلَ مُؤۡمِنًا خَطَـࣰٔا فَتَحۡرِیرُ رَقَبَةࣲ مُّؤۡمِنَةࣲ وَدِیَةࣱ مُّسَلَّمَةٌ إِلَىٰۤ أَهۡلِهِۦۤ إِلَّاۤ أَن یَصَّدَّقُوا۟ۚ فَإِن كَانَ مِن قَوۡمٍ عَدُوࣲّ لَّكُمۡ وَهُوَ مُؤۡمِنࣱ فَتَحۡرِیرُ رَقَبَةࣲ مُّؤۡمِنَةࣲۖ وَإِن كَانَ مِن قَوۡمِۭ بَیۡنَكُمۡ وَبَیۡنَهُم مِّیثَـٰقࣱ فَدِیَةࣱ مُّسَلَّمَةٌ إِلَىٰۤ أَهۡلِهِۦ وَتَحۡرِیرُ رَقَبَةࣲ مُّؤۡمِنَةࣲۖ فَمَن لَّمۡ یَجِدۡ فَصِیَامُ شَهۡرَیۡنِ مُتَتَابِعَیۡنِ تَوۡبَةࣰ مِّنَ ٱللَّهِۗ وَكَانَ ٱللَّهُ عَلِیمًا حَكِیمࣰا ﴿92﴾
ކުށަކުން، އޮޅިގެންމެނުވީ مؤمن އަކު މެރުމަކީ، مؤمن އަކަށް އޮތްކަމެއްނޫނެވެ. އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން صدقات ކުރިއްޔާ މެނުވީއެވެ. އަދި، މަރުވި މީހާއީ مؤمن އަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوة ތެރި قوم އެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި، އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި عهد އެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ، އެމީހެއްގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި މަރުގެދިޔަ ދިނުމާއި، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) اللَّه ގެ حضرة ން توبة ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَمَن یَقۡتُلۡ مُؤۡمِنࣰا مُّتَعَمِّدࣰا فَجَزَاۤؤُهُۥ جَهَنَّمُ خَـٰلِدࣰا فِیهَا وَغَضِبَ ٱللَّهُ عَلَیۡهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِیمࣰا ﴿93﴾
އަދި، قصد ގައި مؤمن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا ضَرَبۡتُمۡ فِی سَبِیلِ ٱللَّهِ فَتَبَیَّنُوا۟ وَلَا تَقُولُوا۟ لِمَنۡ أَلۡقَىٰۤ إِلَیۡكُمُ ٱلسَّلَـٰمَ لَسۡتَ مُؤۡمِنࣰا تَبۡتَغُونَ عَرَضَ ٱلۡحَیَوٰةِ ٱلدُّنۡیَا فَعِندَ ٱللَّهِ مَغَانِمُ كَثِیرَةࣱۚ كَذَ ٰلِكَ كُنتُم مِّن قَبۡلُ فَمَنَّ ٱللَّهُ عَلَیۡكُمۡ فَتَبَیَّنُوۤا۟ۚ إِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِیرࣰا ﴿94﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ މަގުގައި ދަތުރުފަތުރުުކޮށް އުޅޭހިނދު، ފަހެ (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! އަދި، ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި، މުދަލަށް ތިޔަބައިމީހުން އެދޭ حال ގައި (إسلام دين ގެ سلام ން) ތިޔަބައިމީހުންނަށް سلام ކޮށްފިމީހަކަށް ތިބާއަކީ مؤمن އެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! ފަހެ، ގިނަވެގެންވާ ފައިދާތައް ވަނީ اللَّه ގެ حضرة ގައެވެ. ތިޔަބައިމީހުން މީގެކުރިން ތިބިފަދައިންނެވެ. ދެން اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގަތެވެ. ފަހެ، ތިޔަބައިމީހުން (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
لَّا یَسۡتَوِی ٱلۡقَـٰعِدُونَ مِنَ ٱلۡمُؤۡمِنِینَ غَیۡرُ أُو۟لِی ٱلضَّرَرِ وَٱلۡمُجَـٰهِدُونَ فِی سَبِیلِ ٱللَّهِ بِأَمۡوَ ٰلِهِمۡ وَأَنفُسِهِمۡۚ فَضَّلَ ٱللَّهُ ٱلۡمُجَـٰهِدِینَ بِأَمۡوَ ٰلِهِمۡ وَأَنفُسِهِمۡ عَلَى ٱلۡقَـٰعِدِینَ دَرَجَةࣰۚ وَكُلࣰّا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَفَضَّلَ ٱللَّهُ ٱلۡمُجَـٰهِدِینَ عَلَى ٱلۡقَـٰعِدِینَ أَجۡرًا عَظِیمࣰا ﴿95﴾
مؤمن ންގެ ތެރެއިން (جهاد ނުކުރެވޭފަދަ) عذر ތަކުގެ ވެރިން ފިޔަވައި، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުން اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރާ މީހުންނާ ހަމަހަމަ ވެގެނެއްނުވެތެވެ. އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރާ މީހުން، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެގޮތުން اللَّه މާތްކުރައްވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް اللَّه وعد ވެވޮޑިގެންފައިވެއެވެ. ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން جهاد ކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް اللَّه މާތްކުރެއްވިއެވެ.
دَرَجَـٰتࣲ مِّنۡهُ وَمَغۡفِرَةࣰ وَرَحۡمَةࣰۚ وَكَانَ ٱللَّهُ غَفُورࣰا رَّحِیمًا ﴿96﴾
(އެއީ) އެކަލާނގެ حضرة ން ލިބޭ ދަރަޖަތަކެކެވެ. އަދި، ފާފަ ފުއްސެވުމެކެވެ. އަދި، رحمة އެކެވެ. އަދި، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
إِنَّ ٱلَّذِینَ تَوَفَّىٰهُمُ ٱلۡمَلَـٰۤىِٕكَةُ ظَالِمِیۤ أَنفُسِهِمۡ قَالُوا۟ فِیمَ كُنتُمۡۖ قَالُوا۟ كُنَّا مُسۡتَضۡعَفِینَ فِی ٱلۡأَرۡضِۚ قَالُوۤا۟ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَ ٰسِعَةࣰ فَتُهَاجِرُوا۟ فِیهَاۚ فَأُو۟لَـٰۤىِٕكَ مَأۡوَىٰهُمۡ جَهَنَّمُۖ وَسَاۤءَتۡ مَصِیرًا ﴿97﴾
ހަމަކަށަވަރުން އެއުރެންގެ نفس ތަކަށް އަނިޔާވެރިވެގެން ތިބޭ حال ގައި، ملائكة ން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި هجرة ކުރުމަށް اللَّه ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (قيامة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.
إِلَّا ٱلۡمُسۡتَضۡعَفِینَ مِنَ ٱلرِّجَالِ وَٱلنِّسَاۤءِ وَٱلۡوِلۡدَ ٰنِ لَا یَسۡتَطِیعُونَ حِیلَةࣰ وَلَا یَهۡتَدُونَ سَبِیلࣰا ﴿98﴾
(هجرة ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرة ޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ.
فَأُو۟لَـٰۤىِٕكَ عَسَى ٱللَّهُ أَن یَعۡفُوَ عَنۡهُمۡۚ وَكَانَ ٱللَّهُ عَفُوًّا غَفُورࣰا ﴿99﴾
އެއުރެންގެ ކިބައިން اللَّه، عفو ކުރެއްވުން ގާތްވެގެންވެއެވެ. ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
۞ وَمَن یُهَاجِرۡ فِی سَبِیلِ ٱللَّهِ یَجِدۡ فِی ٱلۡأَرۡضِ مُرَ ٰغَمࣰا كَثِیرࣰا وَسَعَةࣰۚ وَمَن یَخۡرُجۡ مِنۢ بَیۡتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ یُدۡرِكۡهُ ٱلۡمَوۡتُ فَقَدۡ وَقَعَ أَجۡرُهُۥ عَلَى ٱللَّهِۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا ﴿100﴾
اللَّه ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، اللَّه އާއި، އެކަލާނގެ رسول އާއަށްޓަކައި هجرة ކުރާ حال، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ حضرة ގައި ثابت ވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَإِذَا ضَرَبۡتُمۡ فِی ٱلۡأَرۡضِ فَلَیۡسَ عَلَیۡكُمۡ جُنَاحٌ أَن تَقۡصُرُوا۟ مِنَ ٱلصَّلَوٰةِ إِنۡ خِفۡتُمۡ أَن یَفۡتِنَكُمُ ٱلَّذِینَ كَفَرُوۤا۟ۚ إِنَّ ٱلۡكَـٰفِرِینَ كَانُوا۟ لَكُمۡ عَدُوࣰّا مُّبِینࣰا ﴿101﴾
ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، كافر ވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު قصر ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ފާޅުވެގެންވާ عداوة ތެރިން ކަމުގައި كافر ން ވިއެވެ.
وَإِذَا كُنتَ فِیهِمۡ فَأَقَمۡتَ لَهُمُ ٱلصَّلَوٰةَ فَلۡتَقُمۡ طَاۤىِٕفَةࣱ مِّنۡهُم مَّعَكَ وَلۡیَأۡخُذُوۤا۟ أَسۡلِحَتَهُمۡۖ فَإِذَا سَجَدُوا۟ فَلۡیَكُونُوا۟ مِن وَرَاۤىِٕكُمۡ وَلۡتَأۡتِ طَاۤىِٕفَةٌ أُخۡرَىٰ لَمۡ یُصَلُّوا۟ فَلۡیُصَلُّوا۟ مَعَكَ وَلۡیَأۡخُذُوا۟ حِذۡرَهُمۡ وَأَسۡلِحَتَهُمۡۗ وَدَّ ٱلَّذِینَ كَفَرُوا۟ لَوۡ تَغۡفُلُونَ عَنۡ أَسۡلِحَتِكُمۡ وَأَمۡتِعَتِكُمۡ فَیَمِیلُونَ عَلَیۡكُم مَّیۡلَةࣰ وَ ٰحِدَةࣰۚ وَلَا جُنَاحَ عَلَیۡكُمۡ إِن كَانَ بِكُمۡ أَذࣰى مِّن مَّطَرٍ أَوۡ كُنتُم مَّرۡضَىٰۤ أَن تَضَعُوۤا۟ أَسۡلِحَتَكُمۡۖ وَخُذُوا۟ حِذۡرَكُمۡۗ إِنَّ ٱللَّهَ أَعَدَّ لِلۡكَـٰفِرِینَ عَذَابࣰا مُّهِینࣰا ﴿102﴾
އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائم ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدة ކޮށްފިނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން غافل ވާނެނަމައޭ ހިތައި، كافر ވި މީހުން (އެކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ލެނބިގެންފާނެތެވެ. (އެބަހީ: އެއްފަހަރާ އައިސް حملة ދީފާނެތެވެ.) ވާރެއިން ތިޔަބައިމީހުންނަށް އުނދަގުލެއް ލިބިފައިވާނަމަ، ނުވަތަ، ތިޔަބައިމީހުން ބަލިވެއުޅޭ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުންގެ ހަތިޔާރުތައް (ނާޅައި) ބެހެއްޓުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ކާފިރުންނަށް، إهانة ތެރި عذاب، اللَّه ތައްޔާރުކުރެއްވިއެވެ.
فَإِذَا قَضَیۡتُمُ ٱلصَّلَوٰةَ فَٱذۡكُرُوا۟ ٱللَّهَ قِیَـٰمࣰا وَقُعُودࣰا وَعَلَىٰ جُنُوبِكُمۡۚ فَإِذَا ٱطۡمَأۡنَنتُمۡ فَأَقِیمُوا۟ ٱلصَّلَوٰةَۚ إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِینَ كِتَـٰبࣰا مَّوۡقُوتࣰا ﴿103﴾
އަދި، ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން اللَّه ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ حال ގައްޔާއި، އިށީނދެތިބޭ حال ގައްޔާއި، އޮށޯވެތިބޭ حال ގައެވެ. އަދި، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) قائم ކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.
وَلَا تَهِنُوا۟ فِی ٱبۡتِغَاۤءِ ٱلۡقَوۡمِۖ إِن تَكُونُوا۟ تَأۡلَمُونَ فَإِنَّهُمۡ یَأۡلَمُونَ كَمَا تَأۡلَمُونَۖ وَتَرۡجُونَ مِنَ ٱللَّهِ مَا لَا یَرۡجُونَۗ وَكَانَ ٱللَّهُ عَلِیمًا حَكِیمًا ﴿104﴾
ތިޔަބައިމީހުން دشمن ން އަތުލައިގަތުމުގައި ފިނޑިވެ ނިކަމެތިނުވާހުށިކަމެވެ! ތިޔަބައިމީހުންނަށް (ލިބިފައިވާ ހާނީއްކައިގެ ސަބަބުން) ވޭންލިބޭ ކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ވޭންލިބޭފަދައިން، ހަމަކަށަވަރުން، އެއުރެންނަށްވެސް ވޭންލިބޭނެތެވެ. އެއުރެން ނޭދޭކަންތައް اللَّه ގެ حضرة ން ތިޔަބައިމީހުން އެދެމުއެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
إِنَّاۤ أَنزَلۡنَاۤ إِلَیۡكَ ٱلۡكِتَـٰبَ بِٱلۡحَقِّ لِتَحۡكُمَ بَیۡنَ ٱلنَّاسِ بِمَاۤ أَرَىٰكَ ٱللَّهُۚ وَلَا تَكُن لِّلۡخَاۤىِٕنِینَ خَصِیمࣰا ﴿105﴾
ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ. خيانة ތެރިންގެ دفاع ގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!
وَٱسۡتَغۡفِرِ ٱللَّهَۖ إِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا ﴿106﴾
އަދި، ފާފަފުއްސެވުން އެދި، اللَّه ގެ حضرة އަށް ކަލޭގެފާނު ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَلَا تُجَـٰدِلۡ عَنِ ٱلَّذِینَ یَخۡتَانُونَ أَنفُسَهُمۡۚ إِنَّ ٱللَّهَ لَا یُحِبُّ مَن كَانَ خَوَّانًا أَثِیمࣰا ﴿107﴾
އެއުރެންގެ އަމިއްލަ نفس ތަކަށް خيانة ތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
یَسۡتَخۡفُونَ مِنَ ٱلنَّاسِ وَلَا یَسۡتَخۡفُونَ مِنَ ٱللَّهِ وَهُوَ مَعَهُمۡ إِذۡ یُبَیِّتُونَ مَا لَا یَرۡضَىٰ مِنَ ٱلۡقَوۡلِۚ وَكَانَ ٱللَّهُ بِمَا یَعۡمَلُونَ مُحِیطًا ﴿108﴾
އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު، اللَّه ގެ حضرة އަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ ބަސްތައް، އެއުރެން ވަންހަނާގައި تدبير ކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއުރެން ކުރާ عمل ތައް، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
هَـٰۤأَنتُمۡ هَـٰۤؤُلَاۤءِ جَـٰدَلۡتُمۡ عَنۡهُمۡ فِی ٱلۡحَیَوٰةِ ٱلدُّنۡیَا فَمَن یُجَـٰدِلُ ٱللَّهَ عَنۡهُمۡ یَوۡمَ ٱلۡقِیَـٰمَةِ أَم مَّن یَكُونُ عَلَیۡهِمۡ وَكِیلࣰا ﴿109﴾
ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة ދުވަހުން އެއުރެންގެ ފަރާތުން اللَّه އާ جدل ކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ حوال ވެ دفاع ކުރާނޭ وكيل އަކަށްވާނީ ފަހެ ކާކުހެއްޔެވެ؟
وَمَن یَعۡمَلۡ سُوۤءًا أَوۡ یَظۡلِمۡ نَفۡسَهُۥ ثُمَّ یَسۡتَغۡفِرِ ٱللَّهَ یَجِدِ ٱللَّهَ غَفُورࣰا رَّحِیمࣰا ﴿110﴾
ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ.
وَمَن یَكۡسِبۡ إِثۡمࣰا فَإِنَّمَا یَكۡسِبُهُۥ عَلَىٰ نَفۡسِهِۦۚ وَكَانَ ٱللَّهُ عَلِیمًا حَكِیمࣰا ﴿111﴾
އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
وَمَن یَكۡسِبۡ خَطِیۤـَٔةً أَوۡ إِثۡمࣰا ثُمَّ یَرۡمِ بِهِۦ بَرِیۤـࣰٔا فَقَدِ ٱحۡتَمَلَ بُهۡتَـٰنࣰا وَإِثۡمࣰا مُّبِینࣰا ﴿112﴾
އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.
وَلَوۡلَا فَضۡلُ ٱللَّهِ عَلَیۡكَ وَرَحۡمَتُهُۥ لَهَمَّت طَّاۤىِٕفَةࣱ مِّنۡهُمۡ أَن یُضِلُّوكَ وَمَا یُضِلُّونَ إِلَّاۤ أَنفُسَهُمۡۖ وَمَا یَضُرُّونَكَ مِن شَیۡءࣲۚ وَأَنزَلَ ٱللَّهُ عَلَیۡكَ ٱلۡكِتَـٰبَ وَٱلۡحِكۡمَةَ وَعَلَّمَكَ مَا لَمۡ تَكُن تَعۡلَمُۚ وَكَانَ فَضۡلُ ٱللَّهِ عَلَیۡكَ عَظِیمࣰا ﴿113﴾
ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެއުރެންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެއުރެންގެ އަމިއްލަ نفس ތަކަށްމެނުވީ، އެއުރެންނަށް އޮޅުވަޔެއް ނުލެވެތެވެ. އަދި، އެއްވެސް ކަމަކުން އެއުރެންނަށް ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ކަލޭގެފާނަށް اللَّه، حكمة އާއި، ފޮތް ބާވައިލައްވާފައި ވެއެވެ. އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ.
۞ لَّا خَیۡرَ فِی كَثِیرࣲ مِّن نَّجۡوَىٰهُمۡ إِلَّا مَنۡ أَمَرَ بِصَدَقَةٍ أَوۡ مَعۡرُوفٍ أَوۡ إِصۡلَـٰحِۭ بَیۡنَ ٱلنَّاسِۚ وَمَن یَفۡعَلۡ ذَ ٰلِكَ ٱبۡتِغَاۤءَ مَرۡضَاتِ ٱللَّهِ فَسَوۡفَ نُؤۡتِیهِ أَجۡرًا عَظِیمࣰا ﴿114﴾
صدقات އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.
وَمَن یُشَاقِقِ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَیَّنَ لَهُ ٱلۡهُدَىٰ وَیَتَّبِعۡ غَیۡرَ سَبِیلِ ٱلۡمُؤۡمِنِینَ نُوَلِّهِۦ مَا تَوَلَّىٰ وَنُصۡلِهِۦ جَهَنَّمَۖ وَسَاۤءَتۡ مَصِیرًا ﴿115﴾
އަދި، އެމީހަކަށް ތެދުމަގު بيان ވުމަށްފަހު، رسول އާއާ ދެކޮޅުވެރިވެ، مؤمن ންގެ މަގު ނޫން މަގަކަށް تبع ވާމީހާ (ދަންނާށެވެ!) އެމީހާ اختيار ކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.
إِنَّ ٱللَّهَ لَا یَغۡفِرُ أَن یُشۡرَكَ بِهِۦ وَیَغۡفِرُ مَا دُونَ ذَ ٰلِكَ لِمَن یَشَاۤءُۚ وَمَن یُشۡرِكۡ بِٱللَّهِ فَقَدۡ ضَلَّ ضَلَـٰلَۢا بَعِیدًا ﴿116﴾
ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.
إِن یَدۡعُونَ مِن دُونِهِۦۤ إِلَّاۤ إِنَـٰثࣰا وَإِن یَدۡعُونَ إِلَّا شَیۡطَـٰنࣰا مَّرِیدࣰا ﴿117﴾
އެކަލާނގެ ފިޔަވައި އަންހެން (ނަންތަކެއް ކިއިގެންވާ) ބުދުތަކަކަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި، ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ شيطان އާއަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ.
لَّعَنَهُ ٱللَّهُۘ وَقَالَ لَأَتَّخِذَنَّ مِنۡ عِبَادِكَ نَصِیبࣰا مَّفۡرُوضࣰا ﴿118﴾
اللَّه، އެ شيطان އާއަށް لعنة ލައްވާފައިވެއެވެ. އެ شيطان އާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަން ހިފާހުށީމެވެ.
وَلَأُضِلَّنَّهُمۡ وَلَأُمَنِّیَنَّهُمۡ وَلَـَٔامُرَنَّهُمۡ فَلَیُبَتِّكُنَّ ءَاذَانَ ٱلۡأَنۡعَـٰمِ وَلَـَٔامُرَنَّهُمۡ فَلَیُغَیِّرُنَّ خَلۡقَ ٱللَّهِۚ وَمَن یَتَّخِذِ ٱلشَّیۡطَـٰنَ وَلِیࣰّا مِّن دُونِ ٱللَّهِ فَقَدۡ خَسِرَ خُسۡرَانࣰا مُّبِینࣰا ﴿119﴾
އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، حقيقة އެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، جمل ގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާހުށީމެވެ. އަދި، اللَّه ގެ دين ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާހުށީމެވެ. اللَّه ފިޔަވައި شيطان އާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، بيان ވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.
یَعِدُهُمۡ وَیُمَنِّیهِمۡۖ وَمَا یَعِدُهُمُ ٱلشَّیۡطَـٰنُ إِلَّا غُرُورًا ﴿120﴾
شيطان އާ އެއުރެންނަށް وعد ކުރެތެވެ. އަދި، އެއުރެންލައްވައި باطل އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ شيطان އާ އެއުރެންނަކަށް وعد އެއް ނުކުރެތެވެ.
أُو۟لَـٰۤىِٕكَ مَأۡوَىٰهُمۡ جَهَنَّمُ وَلَا یَجِدُونَ عَنۡهَا مَحِیصࣰا ﴿121﴾
އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އަދި، އެތަނުން އެއުރެން ފިލައިގެން ދާނެތަނެއް ނުމެފެންނާނޭމެއެވެ.
وَٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدۡخِلُهُمۡ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَدࣰاۖ وَعۡدَ ٱللَّهِ حَقࣰّاۚ وَمَنۡ أَصۡدَقُ مِنَ ٱللَّهِ قِیلࣰا ﴿122﴾
އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
لَّیۡسَ بِأَمَانِیِّكُمۡ وَلَاۤ أَمَانِیِّ أَهۡلِ ٱلۡكِتَـٰبِۗ مَن یَعۡمَلۡ سُوۤءࣰا یُجۡزَ بِهِۦ وَلَا یَجِدۡ لَهُۥ مِن دُونِ ٱللَّهِ وَلِیࣰّا وَلَا نَصِیرࣰا ﴿123﴾
(އެކަން ލިބުންވަނީ) ތިޔަބައިމީހުންގެ އެދުންތަކަކުން ނޫނެވެ. އަދި، ފޮތުގެ أهل ވެރިންގެ އެދުންތަކަކުންވެސް ނޫނެވެ. ނުބައިކަމެއް ކުރާމީހާޔަށް އެކަމުގެ ޖަޒާ ލިބޭނެތެވެ. އަދި، اللَّه ފިޔަވައި އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް އެމީހަކަށް ނުފެންނާނެތެވެ.
وَمَن یَعۡمَلۡ مِنَ ٱلصَّـٰلِحَـٰتِ مِن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنࣱ فَأُو۟لَـٰۤىِٕكَ یَدۡخُلُونَ ٱلۡجَنَّةَ وَلَا یُظۡلَمُونَ نَقِیرࣰا ﴿124﴾
އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ.
وَمَنۡ أَحۡسَنُ دِینࣰا مِّمَّنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنࣱ وَٱتَّبَعَ مِلَّةَ إِبۡرَ ٰهِیمَ حَنِیفࣰاۗ وَٱتَّخَذَ ٱللَّهُ إِبۡرَ ٰهِیمَ خَلِیلࣰا ﴿125﴾
ހެޔޮކަންތައްކުރާ މީހަކުކަމުގައިވާ حال، އެމީހެއްގެ އެންމެހައި ކަންތައް اللَّه އަށް ކިޔަމަންކޮށް، އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށް تبع ވި މީހަކަށްވުރެ، دين ގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟ اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ.
وَلِلَّهِ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۚ وَكَانَ ٱللَّهُ بِكُلِّ شَیۡءࣲ مُّحِیطࣰا ﴿126﴾
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި، ކޮންމެ އެއްޗަކާއި، ކޮންމެކަމެއްމެ، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَیَسۡتَفۡتُونَكَ فِی ٱلنِّسَاۤءِۖ قُلِ ٱللَّهُ یُفۡتِیكُمۡ فِیهِنَّ وَمَا یُتۡلَىٰ عَلَیۡكُمۡ فِی ٱلۡكِتَـٰبِ فِی یَتَـٰمَى ٱلنِّسَاۤءِ ٱلَّـٰتِی لَا تُؤۡتُونَهُنَّ مَا كُتِبَ لَهُنَّ وَتَرۡغَبُونَ أَن تَنكِحُوهُنَّ وَٱلۡمُسۡتَضۡعَفِینَ مِنَ ٱلۡوِلۡدَ ٰنِ وَأَن تَقُومُوا۟ لِلۡیَتَـٰمَىٰ بِٱلۡقِسۡطِۚ وَمَا تَفۡعَلُوا۟ مِنۡ خَیۡرࣲ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِیمࣰا ﴿127﴾
އަންހެނުންނާމެދު، ކަލޭގެފާނުގެ އަރިހުން އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް އެކަނބަލުންނާމެދު بيان ކޮށް ދެއްވަތެވެ. އަދި، ފޮތުން ތިޔަބައިމީހުންނަށް ކިޔަވައިދެއްވާ آية ތައްވެސް بيان ކޮށް ދެއްވަތެވެ. އެކަނބަލުންނަށްޓަކައި ކަނޑައަޅުއްވާފައިވާ ރަން، ތިޔަބައިމީހުން އެކަނބަލުންނަށް ނުދޭ، އަދި އެކަނބަލުންނާ ކާވެނިވުމަށް ތިޔަބައިމީހުން އެދޭ يتيم އަންހެނުންނާ މެދުގައެވެ. އަދި، ކުޑަކުދިންގެ ތެރެއިން ނިކަމެތިވެފައިވާ ކުދިންނާ މެދުގައެވެ. އަދި، يتيم ންނާމެދު عدل إنصاف ގެ ގޮތުގައި ކަންތައް ކުރުމަށެވެ. ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް، ފަހެ ހަމަަކަށަވަރުން، އެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَإِنِ ٱمۡرَأَةٌ خَافَتۡ مِنۢ بَعۡلِهَا نُشُوزًا أَوۡ إِعۡرَاضࣰا فَلَا جُنَاحَ عَلَیۡهِمَاۤ أَن یُصۡلِحَا بَیۡنَهُمَا صُلۡحࣰاۚ وَٱلصُّلۡحُ خَیۡرࣱۗ وَأُحۡضِرَتِ ٱلۡأَنفُسُ ٱلشُّحَّۚ وَإِن تُحۡسِنُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِیرࣰا ﴿128﴾
ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
وَلَن تَسۡتَطِیعُوۤا۟ أَن تَعۡدِلُوا۟ بَیۡنَ ٱلنِّسَاۤءِ وَلَوۡ حَرَصۡتُمۡۖ فَلَا تَمِیلُوا۟ كُلَّ ٱلۡمَیۡلِ فَتَذَرُوهَا كَٱلۡمُعَلَّقَةِۚ وَإِن تُصۡلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا ﴿129﴾
ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެގޮތުން) عدل ވެރިވުމަކަށް ތިޔަބައިމީހުންނަކަަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، صلح ވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލައި، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި، ތިޔަބައިމީހުން (އެކަން) إصلاح ކޮށް تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَإِن یَتَفَرَّقَا یُغۡنِ ٱللَّهُ كُلࣰّا مِّن سَعَتِهِۦۚ وَكَانَ ٱللَّهُ وَ ٰسِعًا حَكِیمࣰا ﴿130﴾
އަދި، އެ ދެމީހުން ވަކިވާނަމަ، اللَّه ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެތެވެ. ތަނަވަސްވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَلِلَّهِ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۗ وَلَقَدۡ وَصَّیۡنَا ٱلَّذِینَ أُوتُوا۟ ٱلۡكِتَـٰبَ مِن قَبۡلِكُمۡ وَإِیَّاكُمۡ أَنِ ٱتَّقُوا۟ ٱللَّهَۚ وَإِن تَكۡفُرُوا۟ فَإِنَّ لِلَّهِ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۚ وَكَانَ ٱللَّهُ غَنِیًّا حَمِیدࣰا ﴿131﴾
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި، ހަމަކަށަވަރުން، اللَّه އަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ. ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، އުޑުތަކުގައި ވާހައި ތަކެއްޗާއި، ބިމުގައި ވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ފުދިވޮޑިގެންވާ حمد ލިބިވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَلِلَّهِ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۚ وَكَفَىٰ بِٱللَّهِ وَكِیلًا ﴿132﴾
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. وكيل އަކުކަމުގައި اللَّه ފުދެއެވެ.
إِن یَشَأۡ یُذۡهِبۡكُمۡ أَیُّهَا ٱلنَّاسُ وَیَأۡتِ بِـَٔاخَرِینَۚ وَكَانَ ٱللَّهُ عَلَىٰ ذَ ٰلِكَ قَدِیرࣰا ﴿133﴾
އޭ މީސްތަކުންނޭވެ! އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައިފީހެވެ. އަދި (ތިޔަބައިމީހުންގެ ބަދަލުގައި) އެހެންބަޔަކު އުފައްދަވައިފީހެވެ. އެކަމުގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
مَّن كَانَ یُرِیدُ ثَوَابَ ٱلدُّنۡیَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنۡیَا وَٱلۡـَٔاخِرَةِۚ وَكَانَ ٱللَّهُ سَمِیعَۢا بَصِیرࣰا ﴿134﴾
ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرة ގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
۞ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُونُوا۟ قَوَّ ٰمِینَ بِٱلۡقِسۡطِ شُهَدَاۤءَ لِلَّهِ وَلَوۡ عَلَىٰۤ أَنفُسِكُمۡ أَوِ ٱلۡوَ ٰلِدَیۡنِ وَٱلۡأَقۡرَبِینَۚ إِن یَكُنۡ غَنِیًّا أَوۡ فَقِیرࣰا فَٱللَّهُ أَوۡلَىٰ بِهِمَاۖ فَلَا تَتَّبِعُوا۟ ٱلۡهَوَىٰۤ أَن تَعۡدِلُوا۟ۚ وَإِن تَلۡوُۥۤا۟ أَوۡ تُعۡرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِیرࣰا ﴿135﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلۡكِتَـٰبِ ٱلَّذِی نَزَّلَ عَلَىٰ رَسُولِهِۦ وَٱلۡكِتَـٰبِ ٱلَّذِیۤ أَنزَلَ مِن قَبۡلُۚ وَمَن یَكۡفُرۡ بِٱللَّهِ وَمَلَـٰۤىِٕكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلۡیَوۡمِ ٱلۡـَٔاخِرِ فَقَدۡ ضَلَّ ضَلَـٰلَۢا بَعِیدًا ﴿136﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށާއި، އެކަލާނގެ رسول އާއަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރިން ބާވައިލެއްވި ފޮތަށް إيمان ވުންމަތީ ތިޔަބައިމީހުން ދެމިތިބޭށެވެ! އަދި، اللَّه އަށާއި، އެކަލާނގެ ملائكة ންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ (ފޮނުއްވި) رسول ންނަށާއި، آخرة ދުވަހަށް كافر ވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.
إِنَّ ٱلَّذِینَ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ٱزۡدَادُوا۟ كُفۡرࣰا لَّمۡ یَكُنِ ٱللَّهُ لِیَغۡفِرَ لَهُمۡ وَلَا لِیَهۡدِیَهُمۡ سَبِیلَۢا ﴿137﴾
ހަމަކަށަވަރުން، إيمان ވެފައި، ދެން كافر ވެފައި، ދެން إيمان ވެފައި، ދެން كافر ވެފައި، ދެން كافر ކަން އިތުރުވެއްޖެ މީހުންނީ، اللَّه އެއުރެންގެ ފާފަފުއްސަވާނޭ ބަޔެއް ނޫނެވެ. އަދި، އެއުރެންނަކީ ތެދުމަގު ދައްކަވާނޭ ބަޔެއްވެސް ނުމެނޫންމެއެވެ.
بَشِّرِ ٱلۡمُنَـٰفِقِینَ بِأَنَّ لَهُمۡ عَذَابًا أَلِیمًا ﴿138﴾
ހަމަކަށަވަރުން، منافق ންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ!
ٱلَّذِینَ یَتَّخِذُونَ ٱلۡكَـٰفِرِینَ أَوۡلِیَاۤءَ مِن دُونِ ٱلۡمُؤۡمِنِینَۚ أَیَبۡتَغُونَ عِندَهُمُ ٱلۡعِزَّةَ فَإِنَّ ٱلۡعِزَّةَ لِلَّهِ جَمِیعࣰا ﴿139﴾
އެއުރެންނީ، مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ كافر ންގެ ގާތުން عزّة ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި عزّة މިލްކުވެގެންވަނީ اللَّه އަށެވެ.
وَقَدۡ نَزَّلَ عَلَیۡكُمۡ فِی ٱلۡكِتَـٰبِ أَنۡ إِذَا سَمِعۡتُمۡ ءَایَـٰتِ ٱللَّهِ یُكۡفَرُ بِهَا وَیُسۡتَهۡزَأُ بِهَا فَلَا تَقۡعُدُوا۟ مَعَهُمۡ حَتَّىٰ یَخُوضُوا۟ فِی حَدِیثٍ غَیۡرِهِۦۤ إِنَّكُمۡ إِذࣰا مِّثۡلُهُمۡۗ إِنَّ ٱللَّهَ جَامِعُ ٱلۡمُنَـٰفِقِینَ وَٱلۡكَـٰفِرِینَ فِی جَهَنَّمَ جَمِیعًا ﴿140﴾
ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّه ގެ آية ތަކަށް كافر ވެ، އެ آية ތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، اللَّه، منافق ންނާއި كافر ންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ.
ٱلَّذِینَ یَتَرَبَّصُونَ بِكُمۡ فَإِن كَانَ لَكُمۡ فَتۡحࣱ مِّنَ ٱللَّهِ قَالُوۤا۟ أَلَمۡ نَكُن مَّعَكُمۡ وَإِن كَانَ لِلۡكَـٰفِرِینَ نَصِیبࣱ قَالُوۤا۟ أَلَمۡ نَسۡتَحۡوِذۡ عَلَیۡكُمۡ وَنَمۡنَعۡكُم مِّنَ ٱلۡمُؤۡمِنِینَۚ فَٱللَّهُ یَحۡكُمُ بَیۡنَكُمۡ یَوۡمَ ٱلۡقِیَـٰمَةِۗ وَلَن یَجۡعَلَ ٱللَّهُ لِلۡكَـٰفِرِینَ عَلَى ٱلۡمُؤۡمِنِینَ سَبِیلًا ﴿141﴾
އެއުރެންނީ، ތިޔަބައިމީހުންނާމެދު، ބަލަބަލައި ތިބޭ މީހުންނެވެ. ފަހެ، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فتح އެއް ލިބިއްޖެނަމަ، އެއުރެން ބުނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަންހޭ؟ އަދި، كافر ންނަށް نصيب އެއް ލިބިއްޖެނަމަ އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ތިމަންމެން ގަދަވެ ނުގަންނަންހޭ؟ އަދި، مؤمن ންގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ނުދެންހޭ؟ قيامة ދުވަހުން ތިޔަބައިމީހުންގެ މެދުގައި حكم ކުރައްވާހުށީ اللَّه އެވެ. އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ.
إِنَّ ٱلۡمُنَـٰفِقِینَ یُخَـٰدِعُونَ ٱللَّهَ وَهُوَ خَـٰدِعُهُمۡ وَإِذَا قَامُوۤا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ یُرَاۤءُونَ ٱلنَّاسَ وَلَا یَذۡكُرُونَ ٱللَّهَ إِلَّا قَلِیلࣰا ﴿142﴾
ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.
مُّذَبۡذَبِینَ بَیۡنَ ذَ ٰلِكَ لَاۤ إِلَىٰ هَـٰۤؤُلَاۤءِ وَلَاۤ إِلَىٰ هَـٰۤؤُلَاۤءِۚ وَمَن یُضۡلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِیلࣰا ﴿143﴾
އެދެމެދުގައި (އެބަހީ: إيمان ކަމާއި كافر ކަމާ ދެމެދުގައި) ދެއަތަށް ކިރިކިރިތިބޭ حال ގައެވެ. މިބަޔަކަށްވެސް ނޫނެވެ. އަދި، އެބަޔަކަށްވެސް ނޫނެވެ. (އެބަހީ: مؤمن ންގެ جماعة އަކަށްވެސް، އަދި، كافر ންގެ جماعة އަކަށްވެސް އެއުރެން ނިސްބަތެއް ނުވެއެވެ.) اللَّه، މަގުފުރައްދަވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެއްވެސްމަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلۡكَـٰفِرِینَ أَوۡلِیَاۤءَ مِن دُونِ ٱلۡمُؤۡمِنِینَۚ أَتُرِیدُونَ أَن تَجۡعَلُوا۟ لِلَّهِ عَلَیۡكُمۡ سُلۡطَـٰنࣰا مُّبِینًا ﴿144﴾
އޭإيمان ވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! (ފަހެ) بيان ވެގެންވާ حجّة އެއް ތިޔަބައިމީހުންނާ ދެކޮޅަށް، ތިޔަބައިމީހުން اللَّه ގެ حضرة އަށް ހުށަހެޅުމަށް އެދެނީހެއްޔެވެ؟
إِنَّ ٱلۡمُنَـٰفِقِینَ فِی ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِیرًا ﴿145﴾
ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.
إِلَّا ٱلَّذِینَ تَابُوا۟ وَأَصۡلَحُوا۟ وَٱعۡتَصَمُوا۟ بِٱللَّهِ وَأَخۡلَصُوا۟ دِینَهُمۡ لِلَّهِ فَأُو۟لَـٰۤىِٕكَ مَعَ ٱلۡمُؤۡمِنِینَۖ وَسَوۡفَ یُؤۡتِ ٱللَّهُ ٱلۡمُؤۡمِنِینَ أَجۡرًا عَظِیمࣰا ﴿146﴾
އެއުރެން توبة ވެ، އަދި عمل ތައް إصلاح ކޮށް، އަދި اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓައި، އެއުރެންގެ دين، اللَّه އަށް خلاص ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންވަނީ مؤمن ންގެ ތެރެއިންނެވެ. އަދި، مؤمن ންނަށް ބޮޑުވެގެންވާ ދަރުމަ، اللَّه ދެއްވާނެތެވެ.
مَّا یَفۡعَلُ ٱللَّهُ بِعَذَابِكُمۡ إِن شَكَرۡتُمۡ وَءَامَنتُمۡۚ وَكَانَ ٱللَّهُ شَاكِرًا عَلِیمࣰا ﴿147﴾
ތިޔަބައިމީހުން شكر ކޮށް، إيمان ވީނަމަ، ތިޔަބައިމީހުންނަށް عذاب ދެއްވުމުން اللَّه ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް اللَّه عذاب ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) شكر قبول ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
۞ لَّا یُحِبُّ ٱللَّهُ ٱلۡجَهۡرَ بِٱلسُّوۤءِ مِنَ ٱلۡقَوۡلِ إِلَّا مَن ظُلِمَۚ وَكَانَ ٱللَّهُ سَمِیعًا عَلِیمًا ﴿148﴾
އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
إِن تُبۡدُوا۟ خَیۡرًا أَوۡ تُخۡفُوهُ أَوۡ تَعۡفُوا۟ عَن سُوۤءࣲ فَإِنَّ ٱللَّهَ كَانَ عَفُوࣰّا قَدِیرًا ﴿149﴾
ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
إِنَّ ٱلَّذِینَ یَكۡفُرُونَ بِٱللَّهِ وَرُسُلِهِۦ وَیُرِیدُونَ أَن یُفَرِّقُوا۟ بَیۡنَ ٱللَّهِ وَرُسُلِهِۦ وَیَقُولُونَ نُؤۡمِنُ بِبَعۡضࣲ وَنَكۡفُرُ بِبَعۡضࣲ وَیُرِیدُونَ أَن یَتَّخِذُوا۟ بَیۡنَ ذَ ٰلِكَ سَبِیلًا ﴿150﴾
ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
أُو۟لَـٰۤىِٕكَ هُمُ ٱلۡكَـٰفِرُونَ حَقࣰّاۚ وَأَعۡتَدۡنَا لِلۡكَـٰفِرِینَ عَذَابࣰا مُّهِینࣰا ﴿151﴾
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول ންނަށް كافر ވާ މީހުންނާއި، اللَّه އާއި އެކަލާނގެ رسول ންނާ ދެމެދު (إيمان ވުމުގައި) ތަފާތުކުރަން އެދޭމީހުންނާއި، ތިމަންމެން އެއްބަޔަކަށް إيمان ވަމުއޭ އަދި އަނެއްބަޔަކަށް كافر ވަމުއޭ ބުނެ، އެދެމެދުން މަގެއް ހިފުމަށް އެދޭމީހުން، (ދަންނާށެވެ!) އެއުރެންނަކީ، ކަނޑައެޅިގެން އެނގޭގޮތުގައި ތިބި كافر ންނެވެ. كافر ންނަށް އިހާނެތި عذاب، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
وَٱلَّذِینَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمۡ یُفَرِّقُوا۟ بَیۡنَ أَحَدࣲ مِّنۡهُمۡ أُو۟لَـٰۤىِٕكَ سَوۡفَ یُؤۡتِیهِمۡ أُجُورَهُمۡۚ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا ﴿152﴾
އަދި، اللَّه އާއި، އެކަލާނގެ رسول ންނަށް إيمان ވެ، އެ رسول ންކުރެ އެކަކާާމެދުވެސް ތަފާތުނުކޮށް އުޅުނުމީހުން (ދަންނާށެވެ!) އެއުރެންނަށް އެކަލާނގެ އެއުރެންގެ ދަރުމަ ނިކަންހުރެ ދެއްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
یَسۡـَٔلُكَ أَهۡلُ ٱلۡكِتَـٰبِ أَن تُنَزِّلَ عَلَیۡهِمۡ كِتَـٰبࣰا مِّنَ ٱلسَّمَاۤءِۚ فَقَدۡ سَأَلُوا۟ مُوسَىٰۤ أَكۡبَرَ مِن ذَ ٰلِكَ فَقَالُوۤا۟ أَرِنَا ٱللَّهَ جَهۡرَةࣰ فَأَخَذَتۡهُمُ ٱلصَّـٰعِقَةُ بِظُلۡمِهِمۡۚ ثُمَّ ٱتَّخَذُوا۟ ٱلۡعِجۡلَ مِنۢ بَعۡدِ مَا جَاۤءَتۡهُمُ ٱلۡبَیِّنَـٰتُ فَعَفَوۡنَا عَن ذَ ٰلِكَۚ وَءَاتَیۡنَا مُوسَىٰ سُلۡطَـٰنࣰا مُّبِینࣰا ﴿153﴾
ފޮތުގެ أهل ވެރިން (އެބަހީ: يهودى ން) އެއުރެންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވަތެވެ. ފަހެ، ހަމަކަށަވަރުން، އެއަށްވުރެ ބޮޑުކަމަކަށް موسى ގެފާނުންގެ އަރިހުން އެއުރެން އެދި ދަންނަވާފައިވެއެވެ. ފަހެ، އެއުރެން ދެންނެވޫއެވެ. ތިމަންމެންނަށް، ފާޅުގައި اللَّه ދައްކަވާށެވެ! ދެން، އެއުރެންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި އެއުރެންގައި ހިފިއެވެ. ދެން، އެއަށްފަހު، بيان ވެގެންވާ ހެކިތައް އެއުރެންގެ ގާތަށް އައުމަށްފަހު، (އަޅުކަންކުރުމަށް إله އެއްގެ ގޮތުގައި) އެއުރެން ގެރި ބޭނުންކުޅައޫއެވެ. ދެންވެސް، ތިމަންރަސްކަލާނގެ އެކަމުގެ ކުށް عفو ކުރެއްވީމެވެ. އަދި، بيان ވެގެންވާ ބާރު، موسى ގެފާނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ.
وَرَفَعۡنَا فَوۡقَهُمُ ٱلطُّورَ بِمِیثَـٰقِهِمۡ وَقُلۡنَا لَهُمُ ٱدۡخُلُوا۟ ٱلۡبَابَ سُجَّدࣰا وَقُلۡنَا لَهُمۡ لَا تَعۡدُوا۟ فِی ٱلسَّبۡتِ وَأَخَذۡنَا مِنۡهُم مِّیثَـٰقًا غَلِیظࣰا ﴿154﴾
އަދި، ތިމަންރަސްކަލާނގެ، އެއުރެންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. (އެއީ) އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ސަބަބުންނެވެ. (އެބަހީ: توراة ގެ حكم ތަކަށް عمل ކުރަން، އެއުރެން ވެފައިވާ عهد އުވައިލުމުގެ ސަބަބުންނެވެ.) އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ކިޔަމަންތެރިވެގެން ތިބެ (ރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ހޮނިހިރު ދުވަހާމެދު، ދެކޮޅުވެރިވެ ނުކިޔަމަންތެރި ވުމުގައި ހައްދުފަހަނަޅައި ނުދާށެވެ! އަދި، ގަދަވެގެންވާ ميثاق، އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.
فَبِمَا نَقۡضِهِم مِّیثَـٰقَهُمۡ وَكُفۡرِهِم بِـَٔایَـٰتِ ٱللَّهِ وَقَتۡلِهِمُ ٱلۡأَنۢبِیَاۤءَ بِغَیۡرِ حَقࣲّ وَقَوۡلِهِمۡ قُلُوبُنَا غُلۡفُۢۚ بَلۡ طَبَعَ ٱللَّهُ عَلَیۡهَا بِكُفۡرِهِمۡ فَلَا یُؤۡمِنُونَ إِلَّا قَلِیلࣰا ﴿155﴾
ފަހެ، އެއުރެންގެ عهد އުވާލައި، އަދި އެއުރެން اللَّه ގެ آية ތަކަށް كافر ވެ، އަދި حق އަކާނުލައި ނަބީބޭކަލުން قتل ކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން كافر ވުމުގެ ސަބަބުން އެ ހިތްތަކުގައި اللَّه ސިއްކަގައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ إيمان އެއް ނުވާނެތެވެ.
وَبِكُفۡرِهِمۡ وَقَوۡلِهِمۡ عَلَىٰ مَرۡیَمَ بُهۡتَـٰنًا عَظِیمࣰا ﴿156﴾
އަދި، އެއުރެން كافر ވުމުގެ ސަބަބުންނާއި، އަދި އެއުރެން مريم ގެފާނުގެ މައްޗަށް ބޮޑުވެގެންވާ بهتان ދޮގެއް ބުނުމުގެ ސަބަބުންމެއެވެ.
وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِیحَ عِیسَى ٱبۡنَ مَرۡیَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِینَ ٱخۡتَلَفُوا۟ فِیهِ لَفِی شَكࣲّ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ یَقِینَۢا ﴿157﴾
އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ.
بَل رَّفَعَهُ ٱللَّهُ إِلَیۡهِۚ وَكَانَ ٱللَّهُ عَزِیزًا حَكِیمࣰا ﴿158﴾
އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
وَإِن مِّنۡ أَهۡلِ ٱلۡكِتَـٰبِ إِلَّا لَیُؤۡمِنَنَّ بِهِۦ قَبۡلَ مَوۡتِهِۦۖ وَیَوۡمَ ٱلۡقِیَـٰمَةِ یَكُونُ عَلَیۡهِمۡ شَهِیدࣰا ﴿159﴾
އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ.
فَبِظُلۡمࣲ مِّنَ ٱلَّذِینَ هَادُوا۟ حَرَّمۡنَا عَلَیۡهِمۡ طَیِّبَـٰتٍ أُحِلَّتۡ لَهُمۡ وَبِصَدِّهِمۡ عَن سَبِیلِ ٱللَّهِ كَثِیرࣰا ﴿160﴾
يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللَّه ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ.
وَأَخۡذِهِمُ ٱلرِّبَوٰا۟ وَقَدۡ نُهُوا۟ عَنۡهُ وَأَكۡلِهِمۡ أَمۡوَ ٰلَ ٱلنَّاسِ بِٱلۡبَـٰطِلِۚ وَأَعۡتَدۡنَا لِلۡكَـٰفِرِینَ مِنۡهُمۡ عَذَابًا أَلِیمࣰا ﴿161﴾
އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވާފައިވާ حال ގައި، އެއުރެން رِبا ހިިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް باطل ގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ. އެއުރެންގެ ތެރެއިން كافر ކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.
لَّـٰكِنِ ٱلرَّ ٰسِخُونَ فِی ٱلۡعِلۡمِ مِنۡهُمۡ وَٱلۡمُؤۡمِنُونَ یُؤۡمِنُونَ بِمَاۤ أُنزِلَ إِلَیۡكَ وَمَاۤ أُنزِلَ مِن قَبۡلِكَۚ وَٱلۡمُقِیمِینَ ٱلصَّلَوٰةَۚ وَٱلۡمُؤۡتُونَ ٱلزَّكَوٰةَ وَٱلۡمُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ أُو۟لَـٰۤىِٕكَ سَنُؤۡتِیهِمۡ أَجۡرًا عَظِیمًا ﴿162﴾
އެހެނެއްކަމަކު އެއުރެންގެތެރެއިން علم ވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، مؤمن ން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް إيمان ވެެއެވެ. (އެއުރެންނާއި) އަދި خاص ކޮށް ނަމާދު قائم ކުރާ މީހުންނާއި، زكاة ދޭ މީހުންނާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ.
۞ إِنَّاۤ أَوۡحَیۡنَاۤ إِلَیۡكَ كَمَاۤ أَوۡحَیۡنَاۤ إِلَىٰ نُوحࣲ وَٱلنَّبِیِّـۧنَ مِنۢ بَعۡدِهِۦۚ وَأَوۡحَیۡنَاۤ إِلَىٰۤ إِبۡرَ ٰهِیمَ وَإِسۡمَـٰعِیلَ وَإِسۡحَـٰقَ وَیَعۡقُوبَ وَٱلۡأَسۡبَاطِ وَعِیسَىٰ وَأَیُّوبَ وَیُونُسَ وَهَـٰرُونَ وَسُلَیۡمَـٰنَۚ وَءَاتَیۡنَا دَاوُۥدَ زَبُورࣰا ﴿163﴾
نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.
وَرُسُلࣰا قَدۡ قَصَصۡنَـٰهُمۡ عَلَیۡكَ مِن قَبۡلُ وَرُسُلࣰا لَّمۡ نَقۡصُصۡهُمۡ عَلَیۡكَۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكۡلِیمࣰا ﴿164﴾
ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ.
رُّسُلࣰا مُّبَشِّرِینَ وَمُنذِرِینَ لِئَلَّا یَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِیزًا حَكِیمࣰا ﴿165﴾
އުފާވެރިކަމުގެ خبر ދެއްވާ، އަދި إنذار ކުރައްވާ رسول ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) رسول ން ފޮނުއްވުމަށްފަހު، اللَّه ގެ މައްޗަށް މީސްތަކުން ދައްކާނޭ حجّة އެއް ލިބިގެން ނުވުމަށްޓަކައެވެ. عزيز ވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.
لَّـٰكِنِ ٱللَّهُ یَشۡهَدُ بِمَاۤ أَنزَلَ إِلَیۡكَۖ أَنزَلَهُۥ بِعِلۡمِهِۦۖ وَٱلۡمَلَـٰۤىِٕكَةُ یَشۡهَدُونَۚ وَكَفَىٰ بِٱللَّهِ شَهِیدًا ﴿166﴾
އެހެނެއްކަމަކު ކަލޭގެފާނަށް، اللَّه ބާވައިލެއްވި ފޮތާމެދު اللَّه ހެކިވެވޮޑިގެންވެއެވެ. އެ ފޮތް ބާވައިލެއްވީ، އެކަލާނގެ ދެނެވޮޑިގަތުމާއެކުގައެވެ. އަދި ملائكة ންވެސް (އެކަމަށް) ހެކިވެވަޑައިގަންނަވަތެވެ. ހެކިވެރިޔަކު ކަމުގައި اللَّه ފުދެއެވެ.
إِنَّ ٱلَّذِینَ كَفَرُوا۟ وَصَدُّوا۟ عَن سَبِیلِ ٱللَّهِ قَدۡ ضَلُّوا۟ ضَلَـٰلَۢا بَعِیدًا ﴿167﴾
ހަމަކަށަވަރުން، كافر ވެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުޅަ މީހުން (حق ގެ މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.
إِنَّ ٱلَّذِینَ كَفَرُوا۟ وَظَلَمُوا۟ لَمۡ یَكُنِ ٱللَّهُ لِیَغۡفِرَ لَهُمۡ وَلَا لِیَهۡدِیَهُمۡ طَرِیقًا ﴿168﴾
ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ.
إِلَّا طَرِیقَ جَهَنَّمَ خَـٰلِدِینَ فِیهَاۤ أَبَدࣰاۚ وَكَانَ ذَ ٰلِكَ عَلَى ٱللَّهِ یَسِیرࣰا ﴿169﴾
ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.
یَـٰۤأَیُّهَا ٱلنَّاسُ قَدۡ جَاۤءَكُمُ ٱلرَّسُولُ بِٱلۡحَقِّ مِن رَّبِّكُمۡ فَـَٔامِنُوا۟ خَیۡرࣰا لَّكُمۡۚ وَإِن تَكۡفُرُوا۟ فَإِنَّ لِلَّهِ مَا فِی ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِیمًا حَكِیمࣰا ﴿170﴾
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حق دين އާއިގެން رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ، ތިޔަބައިމީހުން إيمان ވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
یَـٰۤأَهۡلَ ٱلۡكِتَـٰبِ لَا تَغۡلُوا۟ فِی دِینِكُمۡ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِیحُ عِیسَى ٱبۡنُ مَرۡیَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥۤ أَلۡقَىٰهَاۤ إِلَىٰ مَرۡیَمَ وَرُوحࣱ مِّنۡهُۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُوا۟ ثَلَـٰثَةٌۚ ٱنتَهُوا۟ خَیۡرࣰا لَّكُمۡۚ إِنَّمَا ٱللَّهُ إِلَـٰهࣱ وَ ٰحِدࣱۖ سُبۡحَـٰنَهُۥۤ أَن یَكُونَ لَهُۥ وَلَدࣱۘ لَّهُۥ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِیلࣰا ﴿171﴾
އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. އުޑުތަކުގައިވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެކަލާނގެއަށް މިލްކުވެގެންވެއެވެ. އަދި، وكيل އަކު ކަމުގައި اللَّه ފުދެއެވެ.
لَّن یَسۡتَنكِفَ ٱلۡمَسِیحُ أَن یَكُونَ عَبۡدࣰا لِّلَّهِ وَلَا ٱلۡمَلَـٰۤىِٕكَةُ ٱلۡمُقَرَّبُونَۚ وَمَن یَسۡتَنكِفۡ عَنۡ عِبَادَتِهِۦ وَیَسۡتَكۡبِرۡ فَسَیَحۡشُرُهُمۡ إِلَیۡهِ جَمِیعࣰا ﴿172﴾
اللَّه ގެ އަޅަކަށް ވުމާމެދު عيسى ގެފާނު ބޮޑާވެވަޑައެއް ނުގަނެއެވެ. އަދި، ކުއްތަން ކުރައްވާފައިވާ ملائكة ންވެސް اللَّه ގެ އަޅުންނަށް ވުމާމެދު، ބޮޑާވެވަޑައެއް ނުގަނެއެވެ. އެކަލާނގެއަށް އަޅުކަން ކުރުމުން މަނާވެގަނެ، ކިބުރުވެރިވާ އެންމެން އެކުގައި، އެކަލާނގެ حضرة އަށް قيامة ދުވަހުން އެއްކުރައްވާނެތެވެ.
فَأَمَّا ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَیُوَفِّیهِمۡ أُجُورَهُمۡ وَیَزِیدُهُم مِّن فَضۡلِهِۦۖ وَأَمَّا ٱلَّذِینَ ٱسۡتَنكَفُوا۟ وَٱسۡتَكۡبَرُوا۟ فَیُعَذِّبُهُمۡ عَذَابًا أَلِیمࣰا وَلَا یَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِیࣰّا وَلَا نَصِیرࣰا ﴿173﴾
ފަހެ، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ އެއުރެންނަށް ހަމަޔަށް އެކަލާނގެ ފުއްދަވައި ދެއްވާނެތެވެ. އަދި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށްދެއްވާނެތެވެ. އަދި، ކިބުރުވެރިވެ، ބޮޑާވެގަތްމީހުން ދަންނާށެވެ! ފަހެ، ވޭންދެނިވި عذاب ން އެކަލާނގެ އެއުރެންނަށް عذاب ދެއްވާނެތެވެ. އަދި، اللَّه ފިޔަވައި އެހީތެރިޔަކުވެސް، އަދި نصر ވެރިޔަކުވެސް، އެއުރެންނަކަށް ނުފެންނާނެތެވެ.
یَـٰۤأَیُّهَا ٱلنَّاسُ قَدۡ جَاۤءَكُم بُرۡهَـٰنࣱ مِّن رَّبِّكُمۡ وَأَنزَلۡنَاۤ إِلَیۡكُمۡ نُورࣰا مُّبِینࣰا ﴿174﴾
އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حجّة އެއް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އަދި، ފާޅުވެ بيان ވެގެންވާ نور އެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
فَأَمَّا ٱلَّذِینَ ءَامَنُوا۟ بِٱللَّهِ وَٱعۡتَصَمُوا۟ بِهِۦ فَسَیُدۡخِلُهُمۡ فِی رَحۡمَةࣲ مِّنۡهُ وَفَضۡلࣲ وَیَهۡدِیهِمۡ إِلَیۡهِ صِرَ ٰطࣰا مُّسۡتَقِیمࣰا ﴿175﴾
ފަހެ، اللَّه އަށް إيمان ވެ، އެކަލާނގެ ރައްކާތެރި ކަމުގައި ހިފަހައްޓައިގެން ތިބިމީހުން ދަންނާށެވެ! ފަހެ، އެކަލާނގެ رحمة އާއި فضل ވަންތަކަމުގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. އަދި، އެ މަގަށް ދިއުމަށް ސީދާވެގެންވާ ތެދުމަގެއް އެއުރެންނަށް އެކަލާނގެ ދައްކަވާނެތެވެ.
يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَٰلَةِ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ وَإِن كَانُوٓا۟ إِخْوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ ﴿176﴾
(كلالة އާމެދު) ކަލޭގެފާނުގެ އަރިހުން، އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! كلالة އާމެދު (އެބަހީ: أصل އެއް فرع އެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) اللَّه ތިޔަބައިމީހުންނަށް بيان ކޮށް ދެއްވަތެވެ. އެމީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) أخت އަކުވާ حال، މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ أخت އަށެވެ. އަދި، އެ أخت އަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ أخت ވާރުތަކުރާނެއެވެ. (މަރުވިމީހާގެ وارث ންނަށް ތިބި) ދެ أخت ން ކަމުގައިވާނަމަ، ފަހެ، އެ ދެ أخت ންނަށް (އެ أخ) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބަޔެވެ. (وارث ންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބަޔެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށްޓަކައި، ތިޔަބައިމީހުންނަށް اللَّه، بيان ކޮށް ދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިވެގެންވާ ރަސްކަލާނގެއެވެ.